މާލެ ސިޓީ ކައުންސިލުން ސްޓްރޯންގް ސިޓީސް ނެޓްވޯކާ ގުޅިގެން ޕާކިސްތާނުން ލިބިފައިވާ 50 ސްކޮލަޝިޕްގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި މި ސްކޮލަޝިޕްތަކުގެ މުއްދަތަކީ 4 މަހާއި 6 މަހާ ދެމެދުގެ މުއްދަތެކެވެ. އަދި މި ސްކޮލަޝިޕްތަކަކީ ވަކި ޚާއްސަ ދާއިރާތަކަކަށް އަމާޒުކޮށްގެން ހަމަޖައްސާފައިވާ ފުރުސަތުތަކެކެވެ.
މި ސްކޮލަޝިޕްތަކުގެ ދަށުން ފުރުސަތު ދެވޭ ދާއިރާތަކުގެ ތެރޭގައި:
- އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގެ ތަމްރީނު
- ތުއްތު ކުދިންނަށް ކިޔަވައިދިނުމާއި ސެން ޓީޗަރުންގެ ދާއިރާ
- ސޮފްޓްވެއާ އިންޖިނިއަރިންގ
- ސައިބަރ ސެކިއުރިޓީ
- ކޮމްޕިއުޓަރ ސްޕެޝަލިސްޓް
- އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)
- ޑޭޓާ ސައިންސް
- ބްލޮކްޗެއިން ޑިވެލޮޕްމަންޓް
މި ސްކޮލަޝިޕްތަކަކީ މާލެ ސިޓީގެ އިޖްތިމާއީ ދާއިރާއާއި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ހޯދާފައިވާ ފުރުސަތުތަކެއް ކަމަށް މޭޔަރު އާޒިމް ފާހަގަކުރެއްވި އެވެ.
ރާއްޖެ - ޕާކިސްތާން އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް
