18 ރަށެއްގެ ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން 3 ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތަށް ހަވާލުކޮށްފައި ވަނީ އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީއާ އެވެ.

މި މަސައްކަތްތަށް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙް އެވެ. އަދި އާރު.ޑީ.ސީ ގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް ސޮއެ ކުރެއްވިއިރު، އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ.

މަޝްރޫއުތައް ހިންގަން ހަމަޖެހިފައިވާ ރައްތައް:

  • ހއ. މޮޅަދޫ
  • ހދ. ނޮޅިވަރަންފަރު
  • ހދ. ނޭކުރެންދޫ
  • ށ. ބިލެތްފަހި
  • ރ. އންނަމާދޫ
  • ރ. ދުވާފަރު
  • ބ. ކުޑަރިކިލު
  • އއ. މަތިވެރި
  • ތ. ގާދިއްފުށި
  • ގދ. ވާދޫ
  • ހއ. މާރަންދޫ
  • ކ. ގުޅި
  • ތ. މަޑިފުށި
  • ހދ. ނައިވާދޫ
  • ލ. މާވަށް
  • އއ. މާޅޮސް
  • އދ. ފެންފުށި
  • މ. ވޭވަށް

މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުމްލަ 114.9 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިނިސްޓްރީ އޮފް އެޑިޔުކޭޝަން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ