އިމްޕޯޓު ޑިޔުޓީން ލިބުނު އާމްދަނީ ދަށްވީ ޗައިނާ އެފްޓީއޭ އާ ހެދިއެއް ނޫން: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ފުރަތަމަ މަހެއްހާ ދުވަހު، ދައުލަތަށް އިމްޕޯޓު ޑިޔުޓީން ލިބުނު އާމްދަނީ ދަށްވެފައިވަނީ ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ (އެފްޓީއޭ) ގުޅިގެން ނޫންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިމްޕޯޓު ޑިޔުޓީގެ ގޮތުގައި ލިބިފައިވަނީ 138 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 64 ޕަސެންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިމްޕޯޓު ޑިޔުޓީގެ ގޮތުގައި 384 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު ވަނީ 247 މިލިއަން ރުފިޔާގެ ދަށްވުމެއް އައިސްފަ އެވެ.

”ޗައިނާއާ އެކު ވެފައިވާ އެފްޓީއޭގެ ދަށުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައި،“ މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭން ޗައިނާއަށް ބޭރުކުރާ މުދަލުން ޑިޔުޓީ ކަނޑާލާފައިވާއިރު، އޭގެ ބަދަލުގައި ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ގިނަ ބާވަތްތަކުން ވެސް މިހާރު ޑިޔުޓީއެއް ނުނަގަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށާއި، ރާއްޖެއަށް ފައިދާ ބޮޑުވާނީ ބޮޑެތި ރޭޓުތަކުގައި ޑިޔުޓީ ނެގުމުގެ ބަދަލުގައި ވިޔަފާރިވެރިންނަށް ފަސޭހައިން މުދާ ބޭރުކޮށް އެތެރެކުރެވޭނެ މަގު ތަނަވަސްވެގެންނެވެ.

ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިވަން ވިޔަފާރީގެ އެއްބަސްވުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ