އާންމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދާރީވުމަށް ބާއްވާ ”އަހާ ފޯރަމް“ 10 މަސްދުވަހުގެ މެދުކެނޑުމަކަށްފަހު މާދަމާ ރޭ އަލުން ފެށުމަށް ނިންމައިފި އެވެ.
މި ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއްފަހަރު ބޭއްވުމަށް ނިންމައިގެން ފެށި ފޯރަމެއް ނަމަވެސް، މިހާތަނަށް ބޭއްވިފައިވަނީ ދެ ފަހަރު އެވެ. އެގޮތުން ފުރަތަމަ ފޯރަމް ބޭއްވުނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. އަދި ދެވަނަ ފޯރަމް ބޭއްވުނީ އޭޕްރީލް 29 ވަނަ ދުވަހުގެ ރޭގަ އެވެ.
މާދަމާ ރޭ ބޭއްވޭ ފޯރަމްގައި ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ޖެންޑަރ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ކުރިއަށް ގެންދާ މި ފޯރަމްގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ. މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ސީދާ ވަޒީރުން މެދުވެރިކޮށް ޖަވާބު ހޯދައިދިނުމެވެ.
އަހާ ފޯރަމް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު