ފެޔަނޫޑް އަތުން ލެވަކޫސަން އަށް ބޮޑު މޮޅެއް

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ 4-0 ގެ ނަތީޖާއަކުން ފެޔަނޫޑް ބަލިކޮށް، ބަޔާ ލެވަކޫސަނުން ފެށުން ރަނގަޅު ކޮށްފި އެވެ.

ފެޔަނޫޑްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ވާޓްޒް ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 30 ވަނަ މިނެތުގައި އެލެކްސް ގްރިމާލްޑޯ ވަނީ ލަނޑެއް ޖަހައި، ލެވަކޫސަން އަށް ލީޑު ފުޅާކޮށްދީފަ އެވެ. އަދި އޭގެ ހަ މިނެތު ފަހުން، ފްރިމްޕޮންގް ތަނަވަސްކޮށްދިން ފުރުސަތަކުން، ވާޓްޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފަ އެވެ.

ހާފު ނިމުނުގެ ކުރިން، ލެވަކޫސަން އަށް ވަނީ ހަތަރު ލަނޑުގެ ލީޑެއް ލިބިފަ އެވެ. މެޗުގެ 44 ވަނަ މިނެޓުގައި، ލެވަކޫސަންގެ ޑިފެންޑަރު، އެޑްމަންޑް ޓަޕްސޯބާ ބޮލުން ޖެހި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި، ފެޔަނޫޑްގެ ކީޕަރު، ޓިމޮން ވެލެންރޫތާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.

ދެވަނަ ހާފު ފެށިގެން، ފެޔަނޫޑް އިން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. ނަމަވެސް، ލަނޑު ޖަހަން އެ ޓީމު ކުޅުންތެރިންނަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މިއީ ފެޔަނޫޑްގެ ކޯޗު ކަމާ ޑޭން ބްރަޔަން ފްރިސްކޭ ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. ފެޔަނޫޑްގެ ކޯޗަކަށް އޭނާ ހަމަޖެއްސީ، ކުރީގެ ކޯޗު، އާނޭ ސްލޮޓް ލިވަޕޫލަށް ބަދަލުވުމާ ގުޅިގެނެވެ.

ބަޔާ ލެވަކޫސަން ޗެމްޕިއަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ