ބަންކަރިންގެ ހިދުމަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އުތުރުގައި ރޭ އިފްތިތާހު ކުރި ”އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް“ ގެ ދަށުން ފަށާ ފުރަތަމަ ހިދުމަތްކަމަށްވާ ފިއުލް ބަންކަރިންގެ ހިދުމަތް ފަށައިފި އެވެ.

މި ހިދުމަތް ފަށާފައިވަނީ ހއ. ހޯރަފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކެބިނެޓުގެ އިތުރު މިނިސްޓަރުންނާއި ހއ. އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެސްޓީއޯގެ އެމްޑީ އިބްރާހިމް ޝިމާދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ހިދުމަތް ފައްޓަވައިދެއްވީ ހއ. އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

އެސްޓީއޯއިން ފިއުލް ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ ދުނިޔޭގައި ހަކަތައިގެ ވިޔަފާރި ކުރާ މަޝްހޫރު ކުންފުންޏެއްކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.

އުތުރު މެރިޓައިމް ޚިދުމަތުގެ ތެރެއިން ފޯރުކޮށްދޭނެ ޚިދުމަތްތައް

  • ޕައިލޮޓޭޖް ޚިދުމަތް
  • ޔޮޓް ޑޮކިންގް ސާވިސް
  • ބޯޓު ކްރިއު ބަދަލު ކުރުމުގެ ޚިދުމަތް
  • ފެނަކަ ކުންފުންޏާއި ގުޅިގެން ބޯޓުތަކަށް ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް
  • ބޯޓުތަކަށް ބޭނުންވާ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމުގެ ޚިދުމަތް
  • ކުޅުދުއްފުށި ޕޯޓު މެދުވެރިކޮށް މެއިންޓެނަންސް ޚިދުމަތް
  • އެމްޓީސީސީ މެދުވެރިކޮށް އަޑީތެޔޮ ފަދަ ތަކެތި ފޯރުކޮށްދިނުން
  • ވެމްކޯ މެދުވެރިވެ ބޯޓުތަކުން ކުނި އުކާލުމުގެ ޚިދުމަތް

އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވީ އޮފްޝޯ ބަންކަރިންގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަގުތީ ގޮތުން ކުރުމަށް ނިންމާފައިވާ ކަމެއްކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދިނުމަށް ބިން ހިއްކައިގެން މި މަސައްކަތް ކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ޝިމާދު ވިދާޅުވި އެވެ.

ހއ. ހޯރަފުށި ބަންކަރިންގ ހިދުމަތް އިބްރާހިމް ޝުޖާއު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ