ސަލާމަތި ކަންކަމާއި ވިޔަފާރިއާއި އިގްތިސޯދީ ދާއިރާއިން ތުރުކީއާ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސަލާމަތީ ކަންކަމާ ގުޅޭ ދާއިރާ އާއި ވިޔަފާރިއާ އިގްތިސޯދު، އަދި މަތީ ތައުލީމުގެ ދާއިރާއިން ތުރުކީއާ ރާއްޖެއިން އިތުރަށް ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސެމީ ލުޓްފު ޓުރްގުޓް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުންފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ތުރުކީވިލާތުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ.

އެއަށްފަހު އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ސަލާމަތީ ކަންކަމާ ގުޅޭ ދާއިރާ އާއި ވިޔަފާރިއާ އިގްތިސޯދު، އަދި މަތީ ތައުލީމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރެއްވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ ނިމިދިޔަ އަހަރުގެ ނޮވެންބަރު މަހު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުކަން ފާހަގަކުރައްވައި އެދަތުރުފުޅަށްފަހު، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ތުރުކީވިލާތުގެ ސަރުކާރުން ލިބެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ތުރުކީވިލާތާ ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 28 މެއި 1979ގައެވެ. ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ. ތުރުކީވިލާތުގެ ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.

ރައީސް އޮފީސް ރާއްޖެ - ތުރުކީ ތުރުކީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ