ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް އެވޯޑެއް ދެނީ

Advertisement

އެންމެ ފަސް

Advertisement

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފި އެވެ.

ބީސީސީން މިގޮތަށް ބުނީ ބައިނަލްއަޤުވާމީ މައިކްރޯ، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސިސް (އެމްއެސްއެމްއީ) ދުވަހާއި ގުޅުވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒިޔާއު މުހައްމަދު ނެރުއްވި ބަޔާނުގަ އެވެ.

ބީސީސީއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

އެ ބަޔާނުގައ ޒިޔާއު ވިދާޅުވީ އިގްތިސާދު ގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރަމުންދާ އެއްބަޔަކީ މެދު އަދި ކުދިފަންތީ ގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކެވެ. އެހެން ނަމަވެސް މިހާތަނަށް މި ވިޔަފާރިތަކުގެ އަގު ވަޒަން ކުރެވެމުންދާ ތަން ފެންނަނީ ވަރަށް މަދުންކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާއު ވިދާޅުވީ އަދުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުގެ ދައުރު ފުޅާކޮށް އަގު ވަޒަން ކުރުމަށް އެ ކޯކޯޕަރޭޝަނުން ދަނީ މުހިންމު މަސައްކަށް ތަކެއް ކުރަމުން ކަމަށެވެ. ޒިޔާއު ވިދާޅުވި ގޮތުގައި ބީސީސީން މަސައްކަތް ކުރަމުން އަންނަނީ ރަޖިސްޓްރީ ކުރަންނުޖެހޭ ކުދި ވިޔަފާރިތަކުން ފެށިގެން، ހުރިހާ ވިޔަފާރިތަކަކަށްވެސް ރާއްޖޭގައި ފަހި މާހައުލެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ ފުރުސަތު ޤާއިމްކުރެވޭނެ ގޮތްތައްވެސް ދަނީ ބަލަމުންކަމަށް އޭނާ ވިދާޅުވި އެވެ.

ބީސީސީން ދިނުމަށް ތައްޔާރުވަމުން އަންނަ ”އެމްއެސްއެމްއީ އެވޯޑް“ އާއި ގުޅޭގޮތުން ޒިޔާއު ވިދާޅުވީ އެ އެވޯޑަކީ މަސައްކަތްތެރިންގެ މަސައްކަތް ފާހަގަކޮށް ދެވޭނެ އެވޯޑެއް ކަމަށެވެ. އަދި މި އެވޯޑަކީ މަސައްކަތްތެރިންގެ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިތްވަރެއްކަމަށްވެސް ގަބޫލުކުރައްވާކަމަށް ޒިޔާއު ވިދާޅުވި އެވެ.

ޒިޔާއުގެ ބަޔާން ނިއްމާލައްވަމުންވެސް އޭނާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ދެއްވި ޔަޤީންކަމަކީ، ދެމެހެއްޓެނިވި ވިޔަފާރީގެ މާހައުލެއް ޤާއިމްކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންގެންދާނެ ކަމެވެ. އަދި އެކަމުގައި ސަރުކާރު ސިޔާސަތުތަކާއި އެއްގޮތަށް، ވިޔަފާރިވެރިންގެ ހިޔާލާ މަޝްވަރާވެސް ހޯދައި، ވިޔަފާރިވެރިންނަށް ފަސޭހަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީސީސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ