ޣައްޒާގެ ޚާން ޔޫނިސް ސަރަޙައްދުގައި އިސްރާއީލީ ބަންދީން ދޫކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރިއަށްދަނީ އިސްރާއީލުން 369 ފަލަސްތީނު ބަންދީން ދޫކޮށްލުމާ ގުޅިގެންނެވެ.
މިގޮތުން، ތިން އިސްރާއީލީ ބަންދީން ކަމަށްވާ އެލެކްސެންޑަރ ޓްރުފަނޮވް، ސަގުއީ ޑެކެލް-ޗެން އަދި ޔައިރް ހޯން މިނިވަންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަނީ ރިޕޯޓުކުރެވިފަ އެވެ. މި ތިން ބަންދީންގެ ތެރެއިން އެކަކު ހިފާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދެކުނު އިސްރާއީލުގައި ހަމާސްގެ އިސްނެގުމުގެ ދަށުން ހިންގި ހަމަލާގައި އެވެ.
އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރު.ސީ) ގެ މަންދޫބަކާއި ފަލަސްތީނުގެ ހަނގުރާމަވެރިއަކު މިހާރު ޚާން ޔޫނިސްގައި ޤާއިމުކުރެވިފައިވާ ސަރަޙައްދެއްގައި ލިޔެކިޔުންތަކެއްގައި ސޮއިކޮށްފިއެވެ.
ބަންދީން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށްދިޔައިރު، ތިން ބަންދު މީހުން އައި.ސީ.އާރު.ސީގެ އުޅަނދުން ނުކުމެ، ކަނޑައެޅިފައިވާ ސަރަޙައްދާ ދިމާއަށް ހިނގާފައި ގޮސް ޙަވާލުކުރެވުނެވެ. އެ މީހުންގެ ޖިސްމާނީ ޙާލަތު ރަނގަޅު ކަމަށް ބެލެވުނެވެ.



