އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ޣައްޒާއަށް ހަމަލާ ދީފި

Advertisement

އެންމެ ފަސް

Advertisement

ޣައްޒާގައި އިސްރާއީލުން ހިންގަމުން ދިޔަ ގަތުލުއާންމު ހުއްޓާލުމަށް ވެވުނު އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން ޣައްޒާއަށް އަނެއްކާވެސް ހަމަލާއެއް ދީފިއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި، އިސްރާއީލުން މި ހަމަލާ ދީފައިވަނީ ޑްރޯން ބޭނުންކޮށްގެންކަމަށާއި މި ހަމަލާގައި ތިން މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުން މި ހަމަލާ ދީފައިވަނީ، ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމާ ގުޅިގެން ރަފާހުގެ ރައްޔިތުން އެ ސިޓީއަށް ގޮސް އެ މީހުންގެ ގެތައް ފާސްކުރަމުންދަނިކޮށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެކު، ޣައްޒާގެ ގިނަ ރައްޔިތުން އަންނަނީ އެ މީހުންގެ ގެތަކަށް ދިއުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، އިސްރާއީލުގެ މި ހަމަލާއާ ގުޅިގެން އަލުން ހަނގުރާމަ ފެށުމުގެ ބިރު އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅުކޮށް ދެ ފަރާތުން ވެސް އެއްބަސްވުމަށް އިޙްތިރާމްކުރުމަށް އެދިފައިވެއެވެ.

އަނިޔާވެރި އިސްރާއީލް ގައްޒާ ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ