މިނިސްޓަރ މުޙައްމަދު އަމީން އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިނިސްޓަރ މުޙައްމަދު އަމީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ބާއްވައިފައި ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގަ އެވެ.

މި ބައްދަލުވުމުގައި ޓްރާންސްޕޯޓް ދާއިރާގެ ހިންގުން ހަރުދަނާކޮށް، ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަށް ދެ ފަރާތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އެމްޓީސީސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރގެ އިތުރުން އެހެނިހެން އިސް ވެރިންނެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ ފަރާތުން ފާހަގަކުރެއްވީ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި ކުރިމަގުގެ ޕްލޭންތަކެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުމަށް ގާތުން މަސައްކަތްކުރުމަށާއި އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ