މަސްވެރިންގެ ބުރަ މަސައްކަތަށް މިފްކޯގެ އައު ސީއީއޯ ވިޓާލީ ލުބިމޯވް ހިތްވަރުދެއްވައިފި އެވެ.
އިއްޔެ މިފްކޯއަށް އައްޔަންކުރެއްވި ސީއީއޯ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިއްޔެ މިފްކޯގެ ސީއީއޯގެ މަޤާމަށް އައްޔަންކުރެވުނު ވިޓާލީ ލުބިމޯވް، އޭނާގެ ޕޯސްޓުގައި މަސްވެރިންގެ މުހިންމު ދައުރު ފާހަގަކުރައްވާ، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
”މިފްކޯގައި އަޅުގަނޑުމެން ފާހަގަކުރަން، ރާއްޖޭގެ މުއްސަނދި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ މޑުމެންގެ މަސްވެރިންގެ އަގުހުރި ހިއްސާ. ތިޔަބޭފުޅުންގެ ފަސްނުޖެހޭ ރޫޙާއި ކަނޑަށް އޮތް ޝައުޤުވެރިކަން އަޅުގަނޑުމެން އެންމެންނަށް އިންސްޕަޔަރ ކޮށްދޭ“
މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 10 ވަނަ ދުވަހު ފާހަގަކުރާ ޚާއްޞަ ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރުމެވެ.
މަސްވެރިންގެ ދުވަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)