އަތަމާ އަބްދުލް ލަތީފް ނިޔާވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ގިނަ އަހަރުތަކެއް ވަންދެން ދިވެހިންނަށް ހައްޖުގެ އަޅުކަން އިންތިޒާމް ކުރުމުގެ ހިދުމަތް ފޯރުކޮށްދިން އަބްދުލް ލަތީފް ހުސެއިން (އަތަމާ އަބްދުލް ލަތީފް) މިއަދު އަވަހާރަވެއްޖެ އެވެ.

އަތަމާ އަބްދުލް ލަތީފް އަވަހާރަވީ އުމުރުން 94 އަހަރުގަ އެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ދިވެހި ހައްޖުވެރިންނަށް ހައްޖު ދަތުރުތައް އިންތިޒާމްކުރާ އެޖެންސީއެއް ކަމަށްވާ އަތަމާ ހައްޖު ގްރޫޕްގެ އިސްވެރިޔާ އެތައް އަހަރެއް ވަންދެން އެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެެހެނިހެން ވިޔަފާރިވެސް ހިންގި އެވެ. އޭގެ ތެރޭގައި މަޖީދީ މަގުގައި ހުންނަ އަތަމާ ޕެލަސް ރެސްޓޯރެންޓްވެސް ހިމެނެ އެވެ.

މީގެ އިތުރަށްވެސް، އަތަމާ އަބްދުއްލަތީފަކީ އަމިއްލަ ހަރަދުގައި ގިނަ މީިހުން ހައްޖަށް ގެންގޮސްުދިނުމާއި މިސްކިތް ބިނާކުރުމުގެ ދަރުމަވެރި ހަރަކާތްތައްވެސް ހިންގާފައިވާ ބޭފުޅެކެވެ.

1991 ވަނަ އަހަރު އަތަމާ އަބްދުލް ލަތީފްގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދައުލަތުން މުޖުތަމައަށް ހިދުމަތް ކުރުމުގެ ހާއްސަ އިނާމްވެސް ހޯދާފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ