ލަސްވުމުގެ ކުރިން ’ސްކައުޓް ފަން ފެއާ‘ އަށް ވަޑައިގަންނަވާ!

Advertisement

އެންމެ ފަސް

Advertisement

މިނިވަންކަމަށް 59 އަހަރުފުރޭ އިހްތިފާލާއި ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަނުން ފަން ފެއަރ އެއް އިންތިޒާމުކޮށްފި އެވެ.

މާލޭ މަޖީދިއްޔާ ސްކޫލުގައި އިއްޔެ 0400 ޖެހިއިރު ފެށުނު މިފެއަރ މިއަދު ހަވީރު 1800 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

މިފެއަރއަކީ ސްކައުޓް އެސޯސިއޭޝަނާއި މާލޭގެ 9 ސްކައުޓް ގުރޫޕެއް ގުޅިގެން ބާއްވާ ފެއަރއެކެވެ. މިފެއަރގައި ތަފާތު އުމުރު ފުރާތަކަށް ހާއްސަ ހަރަކާތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ސްކައުޓް ފެއާއަށް ވަނުމުގެ ފީއަކީ، 20 ރުފިޔާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ. މިފެއަރ ގައި ސްކައުޓުންނަށް ހާއްސަ ހަރަކާތްތަކާއި އަދި ތަފާތު އިތުރު ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގިނަ ދުވަސްތަކަކަށްފަހު ސްކައުޓް އެސޯސިއޭޝަނުން މިފަދަ ފެއަރ އެއް އިންތިޒާމުކޮށްފައިވާއިރު، ފެއަރއަށް ވީހާވެސް ގިނަ އެހާރާއި މިހާރުގެ ސްކައުޓުން ޒިޔާރަތް ކުރުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ