ހަށިވިއްކުމުގެ ތުހުމަތުގައި ރަސްދޫގެ ސްޕާއަކުން 3 މީހުން ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހަށިވިއްކުމުގެ ތުހުމަތުގައި ރަސްދޫގެ ސްޕާއަކުން 3 މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ގާތްގަނޑަކަށް 23:30 ހާއިރު ރަސްދޫގެ ޝާހިލްގޭގައި ހުންނަ ‘ބްލޫ ވެލީ ސެލޫން އެންޑް ސްޕާ’ ގައި ބިދޭސީން ލީވަރކޮށްގެން ހިންގާ ހަށިވިއްކާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

މި މައްސަލަައިިގައި ހައްޔަރުކުރި މީހުންނަކީ 42 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ ސްޕާއަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ނުވާތަނެއްކަން ފާހަގަކޮށް، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.

މިމަހުގެ ކުރީކޮޅު ފުލުހުން ވަނީ ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ކުށުގައި މާލެ ސިޓީން ބިދޭސީ ދެ އަންހެނަކު ހައްޔަރުކޮށްފަ އެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ގޮތުން މުޅި ރާއްޖޭގެ އެކި ތަންތަން ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މީގެ ކުރިން ފެބްރުއަރީ މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ، ހަމައެކަނި މާލެ ސަރަހައްދުން، ހަށިވިއްކުމުގައި ހަރަކާތްތެރިވާ 111 ތަނެއްގައި ކަމާބެހޭ އިދާރާތަކުން ހޯދާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ