މާއުނގޫދޫ ބަނދަރުގެ 70 އިންސައްތަ ނިމިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި މަޝްރޫގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި އާ ބަނދަރު ފުން ކުރުމުގެ މަސައްކަތް މިހާރު ވަނީ 71 އިންސައްތަ ނިމިފައިކަމަށާއި އެކްސެސް ޕްލެޓްފޯމްގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ފުރިހަމަވެފައިކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަޝްރޫގެ ދަށުން، 59،013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 3,245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެ އެވެ. އަދި 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫ އެކެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ