މަސްވެރިކަން ދަށްވެ، މިފްކޯގެ ފިހާރަތަކުން މަސް ލިބުމުގައި ދަތިތަކެއް

Advertisement

އެންމެ ފަސް

Advertisement

މަސްވެރިކަން ދަށްވެ، މިފްކޯގެ މަސް ފިހާރަތަކުން މަސް ވިއްކުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

މިފްކޯ އިން ބުނީ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވުމުގެ ޝަކުވާތައް އެ ކުންފުންޏަށް ލިބެމުން އަންނަ ކަމަށެވެ.

ސަބަބެއް ކަމަށް މިފްކޯ އިން ބުނީ ރާއްޖޭގެ މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ބޮޑުތަނުން މި ދުވަސްވަރު ދަށްވެފައިވުމުގެ ސަބަބުން ކަމަށެވެ.

މިފްކޯ އިން ބުނީ މަސް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ދަޅު މަހުގެ އެއްވެސް ލިމިޓެއް ނެތް ކަމަށެވެ. ހަމައެކަނި ދަތިތަކެއް ހުރީ މިފްކޯއިން ވިއްކާ މަހުގެ އެހެން ބާވަތްތައް އުފައްދާ ވިއްކުމަށްކަމަށް އެ ކުންފުނިން ބުންޏެވެ.

އެކަމަކު ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެން.

މިފްކޯ އިން ބުނީ މިހާލަތުގައި ކަން މިގޮތަށް އޮތް ނަމަވެސް ކަންނެލި މަހުގެ އުފެއްދުންތައް ކުރިއެކޭ އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި ވެލިއު އެޑެޑް ޕްރޮޑަކްޓުގެ ތެރެއިންވެސް ކަޅުބިލަމަސް ނުލިބޭތީ ޕްރޮޑަކްޝަން ދަށްވެފައި މިހާރު އޮތް ނަމަވެސް މަސްވެރިކަން ރަނގަޅުވުމާއެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ