ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީއަށް އިތުރު ޖަލު ހުުކުމެއް އިއްވައިފި އެވެ.
މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން ޚާންގެ މައްޗަށް އިތުރު ޖަލު ހުކުމެއް އިއްވީ ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ. އެގޮތުން އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް އިއްވާފައިވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް ދައުވާ ކުރީ ޕާކިސްތާނުގެ ދައުލަތަށް ހަދިޔާގެ ގޮތުގައި ލިބުނު އަގުބޮޑު އެއްޗެހިތަކެއް ވިއްކައި، ދަށްއަގެއްގައި އެ އެއްޗެހި ބައްލަވައިގެންކަމަށް ބުނެ އެވެ.
އިމްރާން ޚާން މިހާރު ތަންފީޒުކުރަމުން ގެންދަނީ 14 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އަނބިކަނބަލުން ބުޝްރާ ބީބީ އަންނަނީ 7 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އިމްރާން ޚާން ވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފަ އެވެ.



