ޖަޕާނު ސަރުކާރުން ދޭ މާސްޓާސް ސްކޮލަރޝިޕްގެ 6 ފުރުސަތަކަށް ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން ދޭ މާސްޓާސް ޑިގްރީގެ 6 ސްކޮލަރޝިޕް ފުރުސަތަކަށް އެދި ހުށަހެޅުމުގެ ދޮރު މިއަދު ހުޅުވާލައިފި އެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީންނެވެ.

މިނިސްޓްރީން ގެޒެޓް ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ކޯހުގެ އެންމެހައި ޚަރަދުތައް ހަމަޖައްސައިދޭނީ ޖޭޑީއެސްއިންނެވެ. މި ސްކޮލަރޝިޕްތަކަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ 2026 އޭޕްރީލް 1 ގެ ކުރިން އުމުރުން 22 އަހަރު ފުރި، 40 އަހަރު ނުވާ ފަރާތްތަކަށެވެ. އަދި ކުރިމަތިލާ ފަރާތްތަކުގައި އެ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. މި ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ކޯސް ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރަން ޖެހޭނެ އެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމަކީ ކަމާބެހޭ އިދާރާއިން ޤަބޫލުކުރާ ޕްރޮގްރާމެއްކަންވެސް ކަށަވަރުކުރަން ޖެހޭނެ އެވެ.

ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެ - ޖަޕާން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ