ފަތުރުވެރިކަން ދެމެހެއްޓެނިވި ސިނާއަތަކަށް ހެދުމަށް އެކުގައި މަސައްކަތްކުރަން ޖެހޭ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނިވި، ވިލުންތެރި ސިނާއަތަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޠާރިޤް މިފަަދައިން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ވީޑިއޯ މެސެޖުގަ އެވެ. މިނިސްޓަރ ޠާރިޤް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުން މިއަދު ފަތުރުވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޤައުމަކަށް ރާއްޖެ ވެފައިވާ ކަމަށެވެ. މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ދާއިރާއަކީ އިޤްތިސާދީ އަދި އިޖުތިމާއީ ތަރައްޤީގައި މުހިންމު ބައިވެރިއެއް ކަމަށެވެ.

”ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުން ވަރަށް މުހިންމު. ސަގާފަތާއި ވެށި ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން މަސައްކަތް ކުރުމަށް ގޮވާލަން.“ ޠާރިޤް ވިދާޅުވި އެވެ.

ޠާރިޤް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އަކީ ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން އުމްރާނީ ގޮތުންނާއި އީޖާދީ އަދި މާކެޓިން ދާއިރާއިން އިންވެސްޓް ކުރާނެ ކަމަށް ވެސް ޠާރިޤް ވިދާޅުވި އެވެ.

މީގެ އިތުރުން ޠާރިޤް ވިދާޅުވީ މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި މިއަހަރު އެކި ޤައުމުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 3-5 އިންސައްތަ އިތުރުވާނެ ކަމަށް ލަފާ ކުރާ ކަމަށްވެސް ވިދާޅުވި އެވެ. މި ކުރިއެރުން މިއަދު ރާއްޖެއަށް ވެސް ފެންނަމުންދާ ކަން ވެސް ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 1،594،616 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ 9.6 އިންސައްތަ އިތުރު އަދަދެކެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ