މައިޒާންތައް ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް

Advertisement

އެންމެ ފަސް

Advertisement

ކުޅިވަރުކުޅޭ ތަންތަނާއި ހިއްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމިންގެ ގަބުރުސްތާނުތައް އުވާލުން ހުއްދަ ނުވާނެ ކަަމަށް އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން ބުނެފި އެވެ.

ފަތުވާ މަޖިލީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމާ ގުޅޭ ގޮތުން ފަތުވާއެއް ނެރެފަ އެވެ. އަދި މިއަދު ވަނީ އެ ފަތުވާ އާންމުކޮށްފަ އެވެ.

ފަތުވާ މަޖިލީހުގެ ފަތުވާގައި ބުނެފައި ވަނީ، އިންސާނުން މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށެވެ. އެ މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ރަސޫލާ (ސއވ)ގެ ހަދީސްތަކުން އެނގޭ ކަމަށެވެ.

ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީސްތަކުން ދޭހަވާ ކަމަށް ފަތުވާގައި ބުނެފައިވެ އެވެ.

”އާއިޝަތުގެފާނުންގެ އަރިހުން ރިވާވެފައި ވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ޙަދީޘްކުރެއްވި އެވެ. ”މައްޔިތެއްގެ ކަށި ބިންދުމަކީ، އެ މީހާ ދިރިހުރިއިރު އޭނާގެ ކަށި ބިންދުން ފަދަ ކަމެކެވެ.“

މިއީ އިސްލާމީ ޝަރީޢަތުގައި ގިނަގުނަ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށްވެސް ފަތުވާގައި ބުނެފައިވެ އެވެ.

ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައި މިވަނީ މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނެގުމަށްފަހު ޕާކަކަށް އެތަން ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ