އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންވެސް މި މަހު ރޯދަ އިނާޔަތް ލިބޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ހުށަހެޅުނު ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލް ތަސްދީގު ކުރެއްވުމާއެކު، ކުރިއަށް އޮތް ރަމަޟާން މަހު ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ އެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އަދި އަންގާރަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި ބިލް ވަނީ ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

ޑަބްލިއުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަކީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ފަހުކޮޅު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. މި ބިލް ތަސްދީގު ކުރެއްވުމާއެކު، އެ ވައުދުފުޅު ވަނީ ފުއްދަވާފައެވެ.

މި ބިލް ތަސްދީގު ކުރެއްވުމާއެކު، ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ވެސް ސަރުކާރުގެ އެހެން މުވައްޒަފުންނެކޭ އެއްފަދައިން ރޯދަ އިނާޔަތް ލިބިގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ލާމަރުކަޒީ ނިޒާމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ