އެމްޑީޕީއަށް ރަނގަޅު އެއްގޮތެއްވެސް ނެތް: މެންބަރު ފަލާހް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޑިމަކުރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ ކަމަށް ކޮންގުރެސް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގައި ކޮޕީރައިޓްސް ގާނޫނާ ގުޅޭ ބިލު ދިރާސާ ކުރުމަށް ދުވަސްތަކެއް ވޭތުވެގެންގޮސްފައިވާ ކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ދެއްކެވިި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީއަށް ރަނގަޅު އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެގޮތުން، މަޖިލީހުގެ ބިލުތައް އަވަސްވިޔަސް، ނުވަތަ ލަސްވިޔަސް އެމްޑީޕީއަށް ކަމުނުދާ ކަމަށެވެ.

”އަޅުގަނޑޫ ދަންނަވާލަން ބޭނުންވަނީ އެމްޑީޕީއަށް އެބަ އޮތްތޯއޭ ރަނގަޅު އެއްވެސް ގޮތެއް، ބިލެއް އަވަސްވެގެންވެސް ކަމަކުނުދޭ، ލަސްވެގެންވެސް ކަމަކުނުދޭ، އެހެންވީމާ މީގަ އެމްޑީޕީއަށް ރަނގަޅު ކޮންމެވެސް ގޮތެއް މިބޭފުޅުން އެބަޖެހޭ ވިދާޅުވާން، އަވަސްކުރަންވީތޯ ނޫނީ ލަސްކުރަންވީތޯ.“

އިދިކޮޅުން ބުނަނީ މި މަޖިލީހަކީ ރަބަރު ސްޓޭމްޕްޖަހާ މަޖިލީހެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަންގަވަ ގޮތަށް ކަންކުރާ މަޖިލީހެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހު އިތުރަށް ވިދާޅުވެފައި ވަނީ، އެމްޑީޕީ އިން ދައްކާވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އެމްޑީޕީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ