އިޒްރޭލުން 814 މިސްކިތެއް ސުންނާފަތިކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ސުންނާފަތި ކުރި މިސްކިތްތަކުގެ އަދަދު 814 އަށް އަރައިފި އެވެ.

ފަލަސްތީނުގެ ދީނީ ކަންކަމާއި ބެހޭ ވުޒާރާއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ގައްޒާއަށް ދޭ ހަމަލާތަކުގައި މިހާތަނަށް 814 މިސްކިތްތައް ސުންނާފަތިކޮށްފައި ވެއެވެ. މިސްކިތްތަކުގެ އިތުރުން 3 ޗަރޗްއާއި 19 ގަބުރުސްތާނުވެސް އިޒްރޭލުން ވަނީ ސުންނާފަތިކޮށްފަ އެވެ.

އިތުރު 148 މިސްކިތްތަކަށް މި ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. މި މިސްކިތްތަކަށް 350 މިލިއަން ޑޮލަރުގެ ގެއްލުން އަންދާޒާކުރެވިފައިވާ ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެވެ.

މިނިސްޓްރީން އިތުރަށް މައުލޫމާތުދިން ގޮތުގައި އިޒްރޭލުން ވަނީ ގަބުރުތައް ކޮނެ، ކަށްތައް ނެގުމުގެ ލާއިންސާނީ އަމަލުތައްވެސް ހިންގާފަ އެވެ. ގަބުރުތައް ކޮނެ، މަރުވެފައިވާ މީހުންގެ ގުނަވަންތައް ނެގުމާއި ހަށިގަނޑު ބުރިކުރުމުގެ ތުހުމަތުތައްވެސް އިޒްރޭލުގެ މައްޗަށް ކޮށްފައި ވެއެވެ.

މިސްކިތްތަކުގެ އިތުރުން 11 އިދާރީ އަދި ތައުލީމީ މަރުކަޒުތައްވެސް އިޒްރޭލުގެ ހަމަލާތަކުގައި ބިމާއި ހަމަވެފައި ވެއެވެ.

މިނިސްޓްރީން ބުނީ އިޒްރޭލުން އެވުޒާރާގެ 238 މުވައްޒަފެއް ޝަހީދުކޮށްފައިވާ ކަމަށެވެ. އަދި 19 މުވައްޒަފުން ހައްޔަރުކުރި ކަމަށްވެސް މައުލޫމާތުދީފައި ވެއެވެ.

ފަލަސްތީން-އިސްރާއީލް ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ