ތިނަދޫގައި މުޒާހަރާކުރި ބަންގްލަދޭޝް މީހުން ޑީޕޯޓް ކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިނަދޫގައި މުޒާހަރާކުރި ބަންގްލަދޭޝް މީހުން ޑީޕޯޓް ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އިއްޔެ ވިދާޅުވީ ބަންގްލަދޭޝްގައި ހިނގަމުންދާ މަދަނީ ހަމަނުޖެހުންތަކާ ދެކޮޅަށް މުޒާހަރާއެއް އިންތިޒާމްކުރުމުގައި ބައިވެރިވި ބަންގްލަދޭޝްގެ ރައްޔިތުން ޑީޕޯޓްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ޔުނިވާސިޓީ ދަރިވަރުން ފެށި މުޒާހަރާގެ ހަމަނުޖެހުންތަކުގައި އެގައުމުގެ ސިފައިން ވަނީ އާންމުންގެ ގަޔަށް ބަޑިޖަހައި އެތައް ބަޔަކު މަރާލާފަ އެވެ.

އެގައުމުގެ ސަރުކާރުގެ ވަޒީފާގެ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތަކުގައި ބަންގްލަދޭޝްގައި 170 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އަތޮޅު ތިނަދޫގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ވަނީ އެމީހުންގެ ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެފަ އެވެ.

މިއީ އެމީހުންގެ ވޯކް ވިސާއާ ހިލާފު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މުޒާހަރާތައް އިންތިޒާމްކުރި މީހުން ހައްޔަރުކޮށް ޑީޕޯޓްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.

”ބިދޭސީންނަށް ރާއްޖެއަށް އައިސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވެވޭނެ. އެއީ ވިސާއާ ހިލާފުވުން،“ މިނިސްޓަރު ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ މުޒާހަރާގެ ބައިވެރިން ޑީޕޯޓްކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާއިރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކޯޓަކުން ވަނީ އެގައުމުގައި ހަމަ އެ މައްސަލައިގައި މުޒާހަރާކުރި ބަންގްލަދޭޝްގެ 57 މީހަކަށް ދިގު މުއްދަތަކަށް ޖަލު ހުކުމް އިއްވާފަ އެވެ.

ޔޫއޭއީގެ މައްސަލައިގައި 53 ބަންގްލަދޭޝް މަސައްކަތްތެރިން މައްޗަށް ދިހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، ބާކީ ތިބި މުޒާހަރާގެ ބައިވެރިންނަށް އެއް އަހަރާއި އެގާރަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ