ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފްރާންސްއިން ނިންމަނީ

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އިއުލާނު ކުރައްވައިފި އެވެ.

ފްރާންސް 5 ޓެލެވިޜަނަށް ދެއްވި އިންޓަވިއުއެއްގައި މެކްރޯން ވިދާޅުވި ގޮތުގައި، ”އަޅުގަނޑުމެން [ފަލަސްތީންގެ ދަައުލަތް] ބަލައިގަތުމާ ދިމާއަށް ދާންޖެހޭ، އަދި އަޅުގަނޑުމެން އެކަން ކުރިއަށް އޮތް މަސްތަކުގައި ކުރާނަން.“ އަދި މިއީ އެއްވެސް ފަރާތަކަށް އުފާވެރިކަމެއް ދިނުމަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވާތީ ކުރާ ކަމެއް ކަމުގައި ވެސް މެކްރޯން ފާހަގަކުރެއްވި އެވެ.

މެކްރޯން ވިދާޅުވި ގޮތުގައި މި މުހިންމު ނިންމުން ތަންފީޒު ކުރުމަށް ޖޫން މަހު ސައޫދީ އަރަބިއްޔާއާއެކު އިސްނަގައިގެން ބާއްވާ އދ. ގެ ކޮންފަރެންސްގައި މަސައްކަތް ކުރައްވާނެ އެވެ.

ފަލަސްތީނުގެ ހާރިޒީ ގުޅުންތަކުގެ ސްޓޭޓް މިނިސްޓަރު، ވަރްސެން އަޣާބެކިއަން ޝަހީން މިކަމަށް މަރުހަބާ ކިޔުއްވައި، މިއީ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކާއި ދެ ދައުލަތުގެ ޙައްލު ރައްކާތެރިކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމުގައި ވިދާޅުވި އެވެ. ހަމާސްގެ އޮފިޝަލް މަހުމޫދު މަރުދަވީ ވެސް މިކަން ސިފަކުރެއްވީ މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ.

ނަމަވެސް އިސްރާއީލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރު މިކަމާމެދު ހަރުކަށި އިބާރާތުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އޭނާ ބުނި ގޮތުގައި ފަލަސްތީނު ދައުލަތެއް އެއްފަރާތުން ބަލައިގަތުމަކީ ހަމާސްއަށް ލިބޭނެ ހިތްވަރެއް ކަމަށާއި، މިފަދަ ފިޔަވަޅަކީ ޓެރަރިޒަމަށް ލިބޭ އިނާމަކަށް ވެގެންދާނެ އެވެ.

ހަމާސްއިން ފާހަގަކުރި ގޮތުގައި، އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ހައިސިއްޔަތުން ފްރާންސްއިން މި ނިންމި ނިންމުމަކީ އިންސާފުވެރި ހައްލުތަކަށް މަގުފަހިކޮށް، ހަނގުރާމަ ނިމުމަކަށް ގެނެސް، ފަލަސްތީނު ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ފިޔަވަޅެކެވެ.

ފަލަސްތީން ފްރާންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ