ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 58 ފަލަސްތީނުން ޝަހީދުކޮށްލި

Advertisement

އެންމެ ފަސް

Advertisement

ޣައްޒާގައި އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 58 ފަލަސްތީނުން ޝަހީދުވެއްޖެކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ހަމަލާ އަމާޒުކޮށްފައިވަނީ ޚާން ޔޫނިސްގައި ހުރި ހެޔޮއެދޭ ގެއެއްގެ ކައިރީގައި ކެއުމަށް އެއްވެފައި ތިބި ހިޖުރަކުރި މީހުންނަށެވެ. މި ހަމަލާގައި މަދުވެގެން 6 މީހުން ޝަހީދުވެ، 10 މީހުން ޒަޚަމްވެފައިވެ އެވެ. އަދި ނާސަރ ހޮސްޕިޓަލް ކޮމްޕައުންޑްގައި މީޑިއާ މަސައްކަތްތެރިން ބޭނުންކުރި ޓެންޓަކަށް ދިން ހަމަލާއެއްގައި ނޫސްވެރިއެއް ކަމަށްވާ ހެލްމީ އަލް-ފަޤާވީ ޝަހީދުވެފައިވެ އެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ހަނގުރާމަ ފެށުނީއްސުރެ 50،000 އަށްވުރެ ގިނަ ފަލަސްތީނުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރެއިން ގިނައީ އާންމު ރައްޔިތުންނެވެ. އިސްރާއީލުން ޣައްޒާއަށް ކޮށްފައިވާ ބްލޮކޭޑްގެ ސަބަބުން 2 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަށީގެންވާ ވަރަށް ކާނާއާއި، ބޭސްފަރުވާއާއި، ތެޔޮ ނުލިބި، ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.

ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފްރާންސް، މިސުރު އަދި ޖޯޑަންގެ ލީޑަރުން ވަނީ ހަނގުރާމަ ހުއްޓުވުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލާފައެ ވެ. ނަމަވެސް މި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ މެދުގައިވެސް އިސްރާއީލުގެ އެއަރ ސްޓްރައިކްތައް ހުއްޓުމެއްނެތި ކުރިއަށްދާތީ، ސަރަހައްދުގެ ހާލަތު ވަނީ އިތުރަށް ނާޒުކުވެފަ އެވެ.

ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ