އަފްގާނިސްތާނުގެ ބަގްރާމް އެއާބޭސް އަލުން އެމެރިކާގެ ބާރުގެ ދަށަށް ބަދަލުކޮށްފިކަމަށް ކާބޫލްގައި ހުންނަ ނޫސް އެޖެންސީ ކަމާ ޕްރެސްއިން ރިޕޯޓްކޮށްފި އެވެ.
ނޫސްވެރިޔާ ޒާރކް ޝަބާބް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބަދަލާއެކު އެމެރިކާގެ ސީ-17 މަތިންދާބޯޓުތަކެއް އެތަނަށް ޖައްސައި، އަސްކަރީ އާލާތްތަކާއި، އުޅަނދުތަކާއި، އިންޓެލިޖެންސްގެ އިސް އޮފިޝަލުން ގެނެސްފައިވެއެވެ. އަދި ސީއައިއޭގެ ޑެޕިއުޓީ ޗީފް ވެސް އެތަނަށް ޒިޔާރަތްކޮށްފައިވެ އެވެ.
އަފްގާނިސްތާނުގައި އަލުން އެމެރިކާއިން ޤާއިމްވެތިބެން ފަށަނީ އިންޓެލިޖެންސްއާ ގުޅުންހުރި ސަބަބުތަކާއި ގުޅިގެން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ދެ ޤައުމުގެ ސަރުކާރުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
2021 ވަނަ އަހަރުގެ އޯގަސްޓްމަހު އެމެރިކާ ކުއްލިއަކަށް އަފްގާނިސްތާނުން ފޭބުމާއެކު ޓާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ ބަގްރާމަކީ އަފްގާނިސްތާނުގައި ހިނގި 20 އަހަރުގެ ހަނގުރާމައިގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ.
މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރ ާގޮތުގައި އައިއެސްއައިއެސް-ކޭއާ ދެކޮޅަށް އެއްބާރުލުން ދިނުމުގެ ގޮތުން ތާލިބާނުން ނިންމި ނިންމުމެކެވެ. އަނެއްބައި މީހުން ދެކޭގޮތުގައި ޓާލިބާނުން މިކަން ކުރަނީ ބައިނަލްއަޤްވާމީ ޤަބޫލުކަން ނުވަތަ އިޤްތިޞާދީ މަންފާ ހޯދުމަށެވެ.
