ގާޒާގައި 15 އެހީތެރިން މަރާލި މަންޒަރުގެ ފުޓޭޖް ހާމަވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ގާޒާގައި މިދިޔަ މަހު 15 އިންސާނީ އެހީތެރިން މަރާލެވުނު ވަގުތުގެ ފުޓޭޖް ހާމަވެއްޖެ އެވެ.

މި ފުޓޭޖުން ފެންނަ ގޮތުގައި އިޒްރޭލު ސިފައިން އެމީހުންނަށް ހަމަލާދިނީ އެމްބިއުލާންސްތަކާއި އަލިފާން ނިއްވާ ވެހިކަލްތަކުގެ ނިޝާންތައް ސާފުކޮށް ފެންނަން ހުއްޓަ އެވެ.

ޔޫއެން އޮފީސް ފޮރ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްގެ ވެރިޔާ ޖޮނަތަން ވިޓޯލް ވިދާޅުވި ގޮތުގައި، މި ހާދިސާއަށްފަހު މާސް ގްރޭވް އަކުން 15 އެހީތެރިންގެ ހަށިގަނޑު ފެނިފައިވެ އެވެ. މީގެ ތެރޭގައި ޕެލެސްޓައިން ރެޑް ކްރެސެންޓް ސޮސައިޓީގެ 8 މެޑިކަލް މުވައްޒަފުންނާއި، 6 ސިވިލް ޑިފެންސް މުވައްޒަފުންނާއި، އެއް ޔޫއެން މުވައްޒަފެއް ހިމެނެ އެވެ.

އިޒްރޭލު ސިފައިން ބުނާ ގޮތުގައި މިކަން މިހާރު ތަހުގީގުކުރަމުންދެ އެވެ. ވީޑިއޯ ހާމަވުމުގެ ކުރިން އިސްރޭއީލު ސިފައިން ބުނި ހަމަލާދީފައިވަނީ ހެޑްލައިޓްތަކާއި އިމަޖެންސީ ސިގްނަލްތައް ނުޖަހާ ދުއްވަމުންދިޔަ ”ޝައްކުވާ“ ވެހިކަލްތަކަކަށް ކަމަށެވެ. އަދި އެވަގުތު އެސަރަހައްދު ހުސްކުރުމުގެ އަމުރެއް އޮތްކަމަށްވެސް އިޒްރޭލު ސިފައިން ބުނެފައިވެ އެވެ.

ނަމަވެސް ޕެލެސްޓައިން ރެޑް ކްރެސެންޓް ސޮސައިޓީން ހޯދާފައިވާ – އަދި ސްކައި ނިއުސްއިން ވެރިފައިކޮށްފައިވާ – ވީޑިއޯ ފުޓޭޖުން ދައްކާ ގޮތުގައި އެމްބިއުލާންސްތަކާއި އަލިފާން ނިއްވާ ވެހިކަލްތަކުގައި ރަތް ބައްތިތައް ޖަހަމުންދިޔަކަން ސާފުކޮށް ފެނެ އެވެ. މި ފުޓޭޖު ނަގާފައިވަނީ މާރޗް 23 ވަނަ ދުވަހު ރަފާގެ އުތުރުގަ އެވެ.

ސްކައި ނިއުސްއިން ހާދިސާއަށްފަހުގެ ވީޑިއޯތަކާއި ސެޓެލައިޓް މަންޒަރުތައް ބޭނުންކޮށްގެން ފުޓޭޖުގެ ލޮކޭޝަނާއި ވަގުތު ވެރިފައިކޮށްފައިވެ އެވެ. މާރޗް 26 ގައި ނެގި ސެޓެލައިޓް މަންޒަރުތަކުން އެސަރަހައްދުގައި ޓަޔަރު ފާހަގަތަކާއި، މިލިޓަރީ ވެހިކަލްތަކުން ހަދާފައިވާކަމަށް ބެލެވޭ ބިމުގެ މަސައްކަތްތައް ފެންނަން ހުރިކަމަށް ވެއެވެ.

ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ