ޔަމަނުން އިޒްރޭލަށާއި އެމެރިކާއަށް ހަރުކަށި އިންޒާރެއް ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް އިތުރަށް ކުރިއަށްގެންދާނަމަ، އިސްރާއީލާާ އާއި އެމެރިކާއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއްދޭނެކަމުގެ އިންޒާރު ޔަމަނުގެ އަންސާރުﷲ ޖަމާއަތުން ދީފީ އެވެ.

ހަމާސްއާ އިސްރާއީލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، މިވަގުތު ހަނގުރާމަ ކުރިއަށްނުދިޔަނަމަވެސް، އިސްރާއީލުން ވަނީ އެއްބަސްވުމާ އެއްގޮތަށް ފަލަސްތީންގެ ހައްޔަރީން ދޫކުރުމަށް ދެކޮޅުހަދާ، ޣައްޒާއަށް އެހީގެ ޓްރަކްތައ ްވަނުުން ހުއްޓުވާފަ އެވެ. އަދި އިސްރޭއީލްގެ ބޮޑު ވަޒީރު ވަނީ އަލުން ހަނގުރާމަ ފަށަން އުޅެކަމުގެ އިޝާރާތެއްދީފަ އެވެ.

އަންސާރުﷲގެ ސިޔާސީ ބިއުރޯގެ މެންބަރު ޙާޒިމް އަލް-އަސަދު ވިދާޅުވެފައިވަނީ، މި ޢަމަލުތައް ކުރިއަށް ގެންދާނަމަ، ”މި ސަރަޙައްދުގައި ހުރި އެމެރިކާގެ މަޞްލަޙަތުތަކަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ކުރުމަށް“ އެ ޙަރަކާތް ތައްޔާރަށް ހުރި ކަމަށެވެ. އޭނާ ވަނީ އެމެރިކާއަށް އިންޒާރު ދެއްވާފަ އެވެ. އެއީ ޣައްޒާއަށްދޭ ހަމަލާތަކުގައި ނުވަތަ ޔަމަނަށް ކުރާ އެއްވެސް އަނިޔާވެރި ޢަމަލެއްގައި އިސްރާއީލަށް އެހީތެރިވެ ނުދިނުމަށާއި އެ ޤައުމު ޙިމާޔަތް ނުކުރުމަށެވެ.

އަންސާރުﷲގެ އެހެން އިސް އޮފިޝަލެއް ކަމުގައިވާ ނަޞްރުއްދީން ޢާމިރު ވިދާޅުވެފައިވަނީ، ”ލޯތައް ވަނީ ޣައްޒާއަށް ހުޅުވިފައި، އަދި އިނގިލިތައް ވަނީ ޓްރިގަރުގައި“ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޔަމަނުގެ ހަތިޔާރުވެރި ބާރުތަކުގެ މިސައިލްތަކާއި، ޑްރޯންތަކާއި، އަދި ހުރިހާ ސިފައިންގެ ޔުނިޓްތައޔުނިޓްތައް ވަނީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފަހުން، ހުޅަނގު އޭޝިއާ ސަރަޙައްދުގައި ހުރި އިސްރާއީލާއި އެމެރިކާގެ މުހިންމު ލަނޑުދަނޑިތަކަށާއި، އިސްރާއީލުގެ އުޅަނދުފަހަރަށް ނުވަތަ އޮކިއުޕައިޑް ޕެލެސްޓީނިއަން ސަރަޙައްދުތަކަށް ސަޕްލައި ގެންދާ އުޅަނދުފަހަރަށް ޔަމަނުގެ ބާރުތަކުން ވަނީ ހުއްޓުމެއްނެތް ހަމަލާތައް ދެމުން ގެންގޮސްފައެވެ.

މި ޢަމަލިއްޔާތުތަކަށް ޖަވާބު ދިނުމުގެ ގޮތުން، އެމެރިކާއާއި، ޔޫކޭއާއި، އަދި އިސްރާއީލުން ވަނީ ޔަމަނުގެ މައްޗަށް، އޭގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދީ މައި ނާރު ކަމުގައިވާ ހުޅަނގު ފަރާތުގެ ބަނދަރު ސިޓީ އަލް-ހުދައިދާއާއި އެހެނިހެން ސަރަޙައްދުތަކުގައި ހުރި މަދަނީ އަދި ދިފާޢީ އިންފްރާސްޓްރަކްޗަރ ހިމެނޭ ގޮތަށް، ވަރުގަދަ ހަމަލާތައް ދީފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ޔަމަނަށް ހަމަލާދިނުން އެ ޤައުމުން ކުރިއަށް ގެންދާނެކަން ކަށަވަރުކޮށްދެއްވާފައެވެ. އެއީ ޓެލް އަވީވްގެ ކަނޑުމަގުގެ ސަޕްލައި މަސްދަރުތަކަށް ޔަމަނުން ކުރިމަތިކުރާ ނުރައްކަލުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި ހަނގުރާމައިގައި މިހާތަނަށް ޝަހީދުވެފައިވާ 48,000 އަށްވުރެ ގިނަ ފަލަސްޠީނުންގެ އިތުރުން އިތުރު ފަލަސްޠީނުން ޝަހީދުކުރަމުން ގެންގޮސްފައެވެ. މި ޝަހީދުވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރޭލް އެމެރިކާ ޔަމަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ