އެއްބަސްވުމާއި ހިލާފުވެ، 620 އަށްވުރެ ގިނަ ފަލަސްތީނު ރަހީނުން ދޫކޮށްލުން ފަސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަމާސްގެ ބާރުގެ ދަށުގައިވާ އިސްރާއީލީ ބަންދީން ދޫކޮށްލި ގޮތާމެދު ހިތްހަމަނުޖެހުމުގެ ސަބަބުން، އިސްރާއީލުން 620 އަށްވުރެ ގިނަ ފަލަސްތީނު ރަހީނުން ދޫކޮށްލުމަށް ކުރިން ހަމަޖެހިފައިވާ ގޮތަށް އިއްޔެ ކުރިއަށް ނުގެންގޮސް، އެކަން ފަސްކޮށްފި އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ، ”ހަމާސްއިން ކުރާ ނިކަމެތިކުރުވަނިވި ރަސްމިއްޔާތުތައް ހުއްޓާލަންދެން، މި އެއްބަސްވުމުގެ ދަށުން ފަލަސްތީނުން ދޫކޮށްލުން ލަސްކުރާނެ“ ކަމަށެވެ. އެހެންނަމަވެސް، މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ކުރިން ބަޔާންކޮށްފައިނުވާ އައު ޝަރުތެކެވެ.

މިކަމާއި ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައި، އިސްރާއީލުން މި ފަސްކުރުން ކުށްވެރިކޮށް، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށް މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި ހަމާސްއިން ބުނެފައިވަނީ، ”ބަންދީން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެއްވެސް އިހާނެތިކަމެއް ނުހިމެނޭ“ ކަމަށާއި، ”އެއިން ދައްކުވައިދެނީ އެމީހުންނާމެދު އަމަލުކުރެވުނު ރަނގަޅު ގޮތް“ ކަމަށެވެ.

މި ހާލަތުގައި، ހަމާސްއިން އެއްބަސްވުމުގެ ޝަރުތުތަކަށް އިސްރާއީލުން ފުރިހަމައަށް ތަބާވުމަށް މެދުވެރިންނަށް ގޮވާލާފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް މެދުވެރިންގެ ފަރާތުން އިތުރު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާގޮތުގައި އިސްރޭއިލުން ބޭނުންވަނީ އަނެއްކާވެސް ހަނގުރާމަ ފަށަންޖެހޭ ސަބަބެއް އެމެރިކާއަށް ދެއްކުމަށެވެ. އަދި އެމެރިކާގެ އެހީގައި ފަލަސްތީންގެ ނަސްލު އެއްކޮށް ނައްތާލުމަށެވެ.

ހަމާސް އިޒްރޭލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ