ޕެރިސް އެއްބަސްވުމުން އަލުން ވަކިވުމަށް ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބައިނަލްއަޤްވާމީ މޫސުމީ ބަދަލުތަކާ ގުޅޭ މުޢާހަދާ ކަމުގައިވާ ޕެރިސް އެއްބަސްވުމުން އަލުން ވަކިވުމަށް ސޮއިކުރައްވައިފިއެވެ. މިއީ އޭނާ ހުވާކުރެއްވުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެރުއްވި އަމުރެކެވެ.

މި އަމުރަކީ 2017 ވަނަ އަހަރު ރައީސް ޓްރަމްޕް ނެރުއްވި އަމުރާ އެއްގޮތް އަމުރެކެވެ. ޕެރިސް އެއްބަސްވުމަކީ ދުނިޔޭގެ ޖައްވުގެ ހޫނުމިން، ޞިނާޢީ އިންޤިލާބުގެ ކުރީގެ މިންވަރަށްވުރެ 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތި ނުވާގޮތަށް ހިފެހެއްޓުމަށް އެކުލަވާލެވިފައިވާ މުހިންމު އެއްބަސްވުމެކެވެ.

ރައީސް ޓްރަމްޕް ވަނީ 2015 ގެ އެއްބަސްވުމުން ވަކިވުމަށް ގަސްދުކުރައްވާކަން އަންގަވައިދޭ ލިޔުމެއްގައިވެސް ސޮއިކުރައްވައި، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ފޮނުއްވާފަ އެވެ.

”މި އެއްބަސްވުމަކީ އެމެރިކާގެ އަސާސީ އަގުތަކާ ފުށުއަރާ ބައިނަލްއަޤްވާމީ އެއްބަސްވުމެއް“ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އަދި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ މި އެއްބަސްވުމަކީ ”އެމެރިކާގެ ރައްޔިތުންގެ މަޞްލަޙަތާ ޚިލާފަށް، މާލީ އެހީ ބޭނުންނުވާ ނުވަތަ އެފަދަ އެހީއަށް ޙައްޤުވެގެން ނުވާ ޤައުމުތަކަށް އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ފޮނުވުމަށް މަގުފަހިކުރާ“ އެއްބަސްވުމެއް ކަމަށެވެ.

ޕެރިސް އެއްބަސްވުމުގެ ދަށުން، ބައިވެރިވާ ޤައުމުތަކުން ބޭރުކުރާ ގްރީންހައުސް ގޭސްގެ މިންވަރު މަދުކުރުމުގެ ލަނޑުދަނޑިތައް އަމިއްލައަށް ކަނޑައެޅުމުގެ ފުރުޞަތު ލިބިދެ އެވެ. މި އެއްބަސްވުމުން އެމެރިކާ ވަކިވުމާ ގުޅިގެން ތިމާވެށީގެ ޖަމާޢަތްތަކުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅުކުރަމުންދެ އެވެ.

މި އެއްބަސްވުމުން އެމެރިކާއިން ވަކިވުމުގެ ސަބަބުން، އެ ޤައުމުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިމާވެށި ނެތިވެ، ނެތިދިއުމަށް އެދޭކަން ހާމަވާކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. އެހެނީ ޕެރިސް އެއްބަސްވުމަކީ، ވައި ނުސާފުވުމާާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ރާއްޖެއަށް ދިމާވާ ބޮޑެތި ތިމާވެށީގެ މައްސަލަތަކަށް ލުޔެއް ގެނެސްދިނުމަށް، ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ވެފައިވާ އެއްބަސްވުމަކަށްވާތީ އެވެ.

އެމެރިކާ ޓްރަމްޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ