ދެން ހަމަލާތައްދޭނީ ރަތް ކަނޑު ހުރަސްކުރާ އިސްރާއީލްގެ ބޯޓުތަކަށް އެކަނި: ހޫތީން

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް ދުވަސްތަކުގައި ހަމަލާތައް އަމާޒުކުރާނީ އިސްރާއީލާ ގުޅުންހުރި ބޯޓުތަކަށް އެކަނި ކަމަށް ޔަމަނުގެ ހޫތީން ހާމަކޮށްފި އެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އަންނަނީ، އިސްރާއީލުން ގާޒާއަށް ހަމަލާތައްދޭން ފެށުމާއެކު ރަތް ކަނޑު ހުރަސްކުރާ އިސްރާއީލާ، އިސްރާއީލަށް ވާގިވެރިވާ އެހެން ޤައުމުތަކަށް ނިސްބަތްވާ ކަނޑު ބޯޓު ފަހަރަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ރަތް ކަނޑަކީ ކޮންމެ ދުވަހަކުވެސް އެތަކެއް ހާސް ޓަނުގެ މުދަލާއެކު، ކަނޑު ބޯޓުތައް ހުރަސްކުރާ ކަނޑެކެވެ.

އިސްރޭއީލާ، ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމާއި ގުޅިގެން ހޫތީ ހަނގުރާމަވެރިންގެ ހިއުމަނިޓޭރިއަން އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރު (އެޗްއޯސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ދެން އެ ޖަމާއަތުން ހަމަލާތައް އަމާޒުކުރާނީ އިސްރާއީލާ ގުޅުންހުރި ބޯޓުތަކަށް އެކަނި އެވެ. އަދި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޖަމާއަތްތަކުގެ އިތުރުން އެ ދެ ގައުމުގެ ދަށުން ދަތުރުކުރާ ބޯޓުތަކާ ދެކޮޅަށް ހަމަލާދިނުން ހުއްޓާލާނެ ކަމަށް އެޗްއޯސީސީން ބުނެފައިވެ އެވެ.

އާދީއްތަ ދުވަހު އެޗްއޯސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހޫތީން އިސްރާއީލާ ގުޅުން ހުރި ބޯޓުތަކަށް އަމާޒުކުރުން ހުއްޓާލާނީ ”އެއްބަސްވުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމައަށް ތަންފީޒު ކުރުމުން“ ކަމަށެވެ.

މިދިޔަ އަހަރު ރަތް ކަނޑުގައި ހޫތީންގެ ހަމަލާތައް އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުން ވަނީ ރަތް ކަނޑުން ދަތުރުތައް ހުއްޓާލައި، އެފްރިކާގެ ދެކުނު ކޮޅުގެ ވަށައިގެން އުޅަނދުތަކުގެ ދަތުރު ބަދަލުކޮށްފައެވެ. ހޫތީންގެ ހަމަލާތައް އަމާޒުވެފައިވަނީ ރަތް ކަނޑާއި ގަލްފް އޮފް އޭޑެން އާއި ގުޅިފައިވާ ހަނި ބާބް އަލް މަންޑޭބް ސްޓްރެއިޓަށެވެ.

މި ހަމަލާތަކުގެ ސަބަބުން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ޔަމަނުގެ އެތެރޭގައި ހުރި ހޫތީންގެ އަމާޒުތަކަށް ހަމަލާދީފަ އެވެ. އަދި އިސްރާއީލުން ވެސް ވަނީ ހޫތީންގެ ކޮންޓްރޯލްގެ ދަށުގައިވާ ބައެއް އިންޖީނުގެތަކާއި ބަނދަރުތަކަށް ބޮން އަޅާފައި ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ.

މި ހާލަތާ ގުޅިގެން، ރީޓެއިލް އަދި އިންޝުއަރެންސް ފަރުމާތަކުގެ އެގްޒެކެޓިވުން ބުނެފައިވަނީ ހޫތީންގެ ހަމަލާތައް މުޅިން ހުއްޓިފައިވާކަން ޔަގީން ނުވާތީ އަދި ރަތް ކަނޑަށް އެނބުރި ދިއުމަށް ތައްޔާރަށް ނެތް ކަމަށެވެ. އެހެންނަމަވެސް، ޖަރުމަނުގެ ކޮންޓެއިނަރު ޝިޕިން ގްރޫޕް ހަޕަގް-ލޮއިޑްގެ ތަރުޖަމާނަކު ބުނެފައިވަނީ އެ ކުންފުނިން އަދިވެސް ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށާއި ރައްކާތެރި ވަގުތެއްގައި އެނބުރި ރަތް ކަނޑަށް ދާނެ ކަމަށެވެ.

ހަމާސް އިޒްރޭލް ފަލަސްތީން ޔަމަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ