ގައްޒާގައި އިޒްރޭލުން ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓާލުން ލަސްވެގެން ދިޔަ ވަގުތުގެ ތެރޭގައި މަދުވެގެން 19 ފަލަސްތީން މީހުން ޝަހީދުވެފައިވާކަމަށް ގައްޒާގެ ސިވިލް ޑިފެންސުން ބުނެފި އެވެ.
ގާޒާގެ ސިވިލް ޑިފެންސްގެ ރަސްމީ ސްޕޯކްސް ޕާސަން ކަމުގައިވާ މަޙްމޫދު ބަސަލް ވިދާޅުވީ ހަނގުރާމަ ހުއްޓާލުން ލަސްވެގެން ދިޔަ މުއްދަތުގެ ތެރޭގައި މެންދުރުފަހު 11:30 (ގްރީންވިޗް މީން ޓައިމްއިން މެންދުރު 09:30) އާ ހަމައަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 19 ފަލަސްތީން މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި 36 މީހަކަށް އަނިޔާވެފައިވާކަމަށްވެސް ބުނެފައިވެ އެވެ.
މަޙްމޫދު ނެރުއްވި ރަސްމީ ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ރަފާހުގައި އެއް ފަލަސްޠީނު ރައްޔިތަކު ޝަހީދުވެފައިވާއިރު، ޚާން ޔޫނިސްގައި 6 މީހުން ޝަހީދުވެފައިވެއެވެ. އަދި ގާޒާ ސިޓީގައި 9 މީހުން ޝަހީދުވެފައިވާއިރު، އުތުރު ސަރަޙައްދުގައި 3 މީހުން ޝަހީދުވެފައިވެއެވެ.
އިޒްރޭލުންނާއި ހަމާސްއިން ހަނގުރާމަ ހުއްޓާލަން ނިންމި ނަމަވެސް ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންގޮސްފައިވަނީ ހަމާއިން ދޫކޮށްލުމަށް ހަމަޖެހިފައިވާ ރަހީނުންގެ ލިސްޓު އާންމު ނުކުރާތީކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް މިހާރު އެ ލިސްޓު އާންމު ކުރުމުން ހަނގުރާމަ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.