ޙަމާސްއިން ރަހީނުންގެ ލިސްޓް އިޒްރޭލާ ހިއްސާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވާ ރަހީނުންގެ ލިސްޓް އިޒްރޭލާ ހިއްސާކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޙަމާސްއިން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ރަސްމީ ބަޔާނެއްގައެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގެ ތިން މީހުންނެވެ. މި ތިން މީހުންނަކީ އަންހެނުންކަން ހަމާސްއިން ހާމަކޮށްފާވެ އެވެ.

އިސްރާއީލުގެ ފަރާތުން މި މަޢުލޫމާތު ކަށަވަރުކޮށްދެމުން، އިސްރާއީލުގެ ބޮޑު ވަޒީރުގެ އޮފީހުން ބުނެފައިވަނީ ވަގުތީގޮތުން ހުއްޓާލާފައިވާ ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން މިއަދު ޙަމާސްއިން ދޫކޮށްލުމަށް ހަމަޖެހިފައިވާ ބަންދީންގެ ލިސްޓު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުގެ ބޮޑު ވަޒީރުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ދޫކޮށްލުމަށް ހަމަޖެހިފައިވާ ތިން އަންހެނުންގެ ޢާއިލާތަކަށް މި މަޢުލޫމާތު އަންގަން ފަށާފައިވެއެވެ.

މި ކަންތައްތައް ހިނގަމުންދަނީ އިސްރާއީލާއި ޙަމާސްއާ ދެމެދު ވެފައިވާ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ވެސް ބަންދީން ދޫކޮށްލަމުންދާއިރު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައިވެއެވެ.

ހަމާސް އަނިޔާވެރި އިސްރާއީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ