ޣައްޒާއަށް ރެޑީ މޭޑް ހޮސްޕިޓަލްތައް ފޮނުވުމަށް ޑަބްލިއު.އެޗް.އޯ އިން ރާވައިފި

Advertisement

އެންމެ ފަސް

Advertisement

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް އައުމަށްފަހު އަންނަ ދެމަސްދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް ރެޑީ މޭޑް ހޮސްޕިޓަލްތައް ފޮނުވުމަށް ރާވާފައިވާކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ހާމަކޮށްފި އެވެ.

މިކަން ޑަބްލިއު.އެޗް.އޯ އިން ހާމަކުރީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަށް އެއްބަސްވެވުނު ކަމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ.

ޤަޠަރުގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު ބުނި ގޮތުގައި، ޣައްޒާގެ ސަރަޙައްދީ ގަޑިން އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި (ގްރީންވިޗް މީން ޓައިމްގެ 06:30 ގައި) ހަނގުރާމަ ހުއްޓޭނެއެވެ. މި އެއްބަސްވުމާ ގުޅިގެން، އާދީއްތަ ދުވަހުން ފެށިގެން ޣައްޒާއަށް ފޯރުކޮށްދެވޭ އިންސާނީ އެހީގެ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ޑަބްލިއު.އެޗް.އޯ އިން އިތުރަށް ހާމަކުރި ގޮތުގައި، ހަނގުރާމަ ހުއްޓުމާ ގުޅިގެން ޣައްޒާގެ އަސާސީ ވަސީލަތްތައް އަލުން ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށޭނެއެވެ. މީގެ ތެރޭގައި ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، މުވާޞަލާތީ ޚިދުމަތްތަކާއި އަދި މަގުތައް އަލުން އާރާސްތުކުރުން ހިމެނެއެވެ. އަދި ސާފުކުރުމުގެ މަސައްކަތަށް ބޭނުންވާ އާލާތްތައްވެސް ގެނެވޭނެއެވެ.

ނަމަވެސް، ބުދަ ދުވަހުގެ ރޭ ހަނގުރާމަ ހުއްޓުމަށް އެއްބަސްވެވުނު ކަމަށް އިޢުލާނުކުރި ފަހުންވެސް، ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 120 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާކަން ފާހަގަކުރެވެއެވެ.

ޔުނިސެފުން ހާމަކުރި ގޮތުގައި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ 15 މަސްދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް 35 ފަލަސްޠީނު ކުދިން ޝަހީދުވެފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 އިން ފެށިގެން މި ހަނގުރާމައިގައި މަދުވެގެން 46،876 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 110،642 މީހުންނަށް އަނިޔާވެފައިވެއެވެ.

އަނިޔާވެރި އިސްރާއީލް ގައްޒާ ގައްޒާ ހަނގުރާމަ ޑަބްލިއުއެޗްއޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ