ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ރުހުން ދީފި

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ހަމާސް ޖަމާއަތާއެކު އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ރުހުން ދީފި އެވެ. މިކަން އިއުލާނުކުރީ އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުންނެވެ.

އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކެބިނެޓުން މި އެއްބަސްވުމަށް ރުހުން ދީފައިވަނީ ”ސިޔާސީ، ސަލާމަތީ އަދި އިންސާނިއްޔަތުކަމުގެ ހުރިހާ ކަމެއް ބެލުމަށްފަހު؛ އަދި ހުށަހެޅިފައިވާ އެއްބަސްވުމުން ހަނގުރާމައިގެ މަޤްޞަދުތައް ހާސިލުކުރުމަށް އެހީތެރިވެދޭކަން ދެނެގަތުމާއެކު“ ކަމަށެވެ. މީގެ އިތުރުން ކެބިނެޓުން ވަނީ ”ސަރުކާރުން ހުށަހެޅިފައިވާ އައުޓްލައިން ފާސްކުރުމަށް“ ލަފާދީފަ އެވެ.

މި އެއްބަސްވުން މިހާރު ގެންދެވޭނީ މުޅި ކެބިނެޓަށް މަޝްވަރާކުރުމަށާއި ވޯޓުލުމަށެވެ.

މި އެއްބަސްވުމުގެ ދަށުން، 460 ދުވަހަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް ވަނީ އެއްބަސްވެފަ އެވެ.

އެއްބަސްވުމުގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

– ފުރަތަމަ މަރުހަލާގައި 6 ހަފްތާގެ ހަނގުރާމަ ހުއްޓުމެއް
– ހައްޔަރުކޮށްފައިވާ މަދަނީން ދޫކޮށްލުން
– ގާޒާއިން އިސްރާއީލު ސިފައިން އެއްކޮށް ފައިބައި، އިންސާނީ އެހީތެރިކަން އިތުރުކުރުން
– އިތުރު މަރުހަލާތަކެއްގެ މަޝްވަރާތައް ކުރިއަށްގެންދިއުން

މި އެއްބަސްވުމުގައިވާގޮތުން މި އެއްބަސްވުުމަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ހަމާސް އިޒްރޭލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ