ވެނެޒުއެލާގެ ރައީސްގެ މައުލޫމާތުދޭ ފަރާތަކަށް 20 މިލިއަން ޕައުންޑްގެ އިނާމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެނެޒުއެލާގެ ރައީސް ނިކޮލާސް މަޑޫރޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތު ދޭ ފަރާތްތަކަށް 20.4 މިލިއަން ޕައުންޑް (25 މިލިއަން އެމެރިކާ ޑޮލަރު) ގެ އިނާމެއް އެމެރިކާ ސަރުކާރުން ހުށަހަޅައިފި އެވެ.

މި އިޢުލާނު ކުރީ މަޑޫރޯ ތިންވަނަ ދައުރަކަށް ހުވާކުރި ދުވަހު އެވެ.

މަޑޫރޯގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކުގެ މެދުގަ އެވެ. އެމެރިކާއިން މި އިނާމު ހުށަހެޅުމުގެ އިތުރުން، ވެނެޒުއެލާގެ އެތެރޭގެ ވަޒީރު ޑިއޮސްޑާޑޯ ކަބެއްލޯ އާއި ދިފާޢީ ވަޒީރު ވްލަޑިމީރު ޕަޑްރީނޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތު ދޭ ފަރާތްތަކަށްވެސް އިނާމު ވަނީ ހުށަހަޅައިފަ އެވެ.

އިނގިރޭސިވިލާތުންވެސް ވަނީ ވެނެޒުއެލާގެ އިސް 15 އޮފިޝަލުންގެ މައްޗަށް ފިޔަވަޅު އަޅައިފަ އެވެ. މީގެ ތެރޭގައި ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގެ މެންބަރުންނާއި، އަސްކަރީ އޮފިޝަލުން ހިމެނެ އެވެ. އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވަނީ މަދޫރޯގެ ވެރިކަން ”މަކަރުވެރި“ ކަމަށް ސިފަކޮށްފަ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ބުނެފައިވަނީ ވެނެޒުއެލާގެ މައްޗަށް އަޅާފައިވާ ”ދަތިކުރުމުގެ ފިޔަވަޅުތައް“ އިތުރަށް ދަމަހައްޓާނެ ކަމަށެވެ. އަދި އިތުރު 15 ވެނެޒުއެލާ އޮފިޝަލުންގެ މައްޗަށްވެސް ފިޔަވަޅު ވަނީ އަޅައިފަ އެވެ. ކެނެޑާއިންވެސް ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ.

މަޑޫރޯއާއި އޭނާގެ ސަރުކާރުން ވަނީ ހުޅަނގުގެ ޤައުމުތަކާއި އިދިކޮޅު ފަރާތްތަކުން ކުރާ ގިނަ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކޮށްފަ އެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގިނަ ޤައުމުތަކުން ވަނީ މަޑޫރޯގެ ވެރިކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފަ އެވެ.

އެމެރިކާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ