ނިއު އޯލަންސްގައި ދިން ހަމަލާއެއްގައި 15 މީހަކު މަރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިއު އޯލަންސްގައި އާ އަހަރު ފާހަގަ ކުރަން ތިބި ބަޔަކަށް ދިން ހަމަލާއެއްގައި 15 މީހަކު މަރުވެއްޖެ އެވެ.

މި ހަމަލާ ދީފައިވަނީ ނިއު އޮރްލިއަންސްގައި އާ އަހަރު ފާހަގަކުރުމުގެ ތެރޭގައި ބޯބަން ސްޓްރީޓްގައި އެއްވެ ތިބި މީހުންގެ ތެރެއަށް މީހަކު ގަސްތުގައި ޕިކަޕެއް ދުއްވާލައިގެންނެވެ. ޑްރައިވަރަކީ ޓެކްސަސްއަށް އުފަން އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޝަމްސުދުއްދީން ޖައްބާރެވެ. އޭނާގެ ފަހަތުގައި އައިއެސްގެ ދިދައެއް  އޮތް ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

ޓްރަކްގައި އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސްއެއް ހުރިއިރު، ފްރެންޗް ކުއާޓަރުން ވެސް ޕޮޓެންޝަލް އެހެން އައިއީޑީތައް ފެނިފައިވާ ކަމަށާއި އާންމުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެފްއައިބީ އިން ބުނީ މިކަމާ ގުޅިގެން އަދި އެއްވެސް މީހެއް ހައްޔަރު ކޮށްފާއި ނުވާ ކަމަށާއި ”އެފްބީއައި ހުސްޓަން އާއި ހެރިސް ކައުންޓީ ޝެރިފް އޮފީހުން ދަނީ ހޫ ރޯޑާއި ކްރެސެންޓް ޕީކް ޑްރައިވް ގުޅޭ ހިސާބު ކައިރީގައި ހުރި ތަނެއް ކޯޓުން ހުއްދަ ދީގެން ބަލައި ފާސް ކުރަމުން“ ކަމަށެވެ.

ނިއު އޯލަންސްގެ ހަމަލާގައި ޝައްކު ކުރެވޭ މީހަކީ ޓެކްސަސްގެ މީހެއް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. ފުލުހުން ވަނީ އޭނާ ގަޔަށް ބަޑި ޖަހާ މަރާލާފައިކަމަށް އެފްބީއައި އިން ބުނެ އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު 21 ވަނަ ދުވަހު ޖަރުމަނު މާރުކޭޓެއްގައި ވެސް ވަނީ ކާރަކުން ޖައްސާ 2 މީހަކު މަރާލާފަ އެވެ.

އެމެރިކާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ