ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދެކުނު ކޮރެއާގެ ކޯޓަކުން މަޤާމުން ދުރުކުރި އެ ޤައުމުގެ ރައީސް ޔޫން ސުކް ޔެއޯލް ހައްޔަރުކުރުމުގެ އަމުރެއް ނެރެފި އެވެ.

ދެކުނު ކޮރެއާގެ ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ސޯލް ވެސްޓަރން ޑިސްޓްރިކްޓް ކޯޓުގައި ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ އެ ޤައުމުގެ މަތީ ފަންތީގެ އޮފިޝަލުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަހުޤީޤަށެވެ. މިއީ ރައީސް ޔޫން މާޝަލް ލޯ އިއުލާންކުރައްވާ، އެ ތަންފީޒްކުރުމަށް ކުރެއްވި މަސައްކަތްތަކާއި ގުޅުންހުރި ކޮރަޕްޝަންގެ ތަޙްޤީޤެއްގެ ބައެކެވެ.

ތަޙްޤީޤު އިދާރާއިން ބުނެފައިވަނީ އޭނާ މާޝަލް ލޯ އިޢުލާންކުރުމަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއްތޯ ބަލަމުންދާ ކަމަށެވެ. މިސްޓަރ ޔޫންގެ ބާރުތައް ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 14 ގައި އޮޕޮޒިޝަން ކޮންޓްރޯލްކުރާ ނެޝަނަލް އެސެމްބްލީން އޭނާ އިމްޕީޗްކުރުމަށް ވޯޓުލުމާ ގުޅިގެން ހިފެހެއްޓިފަ އެވެ.

މިހާރު ދެކުނު ކޮރެއާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމަން ޖެހިފައިވަނީ މިސްޓަރ ޔޫން ރައީސްކަމުން ވަކިކުރާނީތޯ ނުވަތަ އަނބުރާ މަޤާމަށް އިޢާދަކުރާނީތޯ އެވެ. އެހެންނަމަވެސް، މިސްޓަރ ޔޫން ވަނީ ތަޙްޤީޤުކުރާ އިދާރާތަކުން ސުވާލުކުރުމަށް ހާޒިރުވުމަށާއި އޭނާގެ އޮފީސް ބަލާފާސްކުރުމަށް ތަކުރާރުކޮށް ކުރި އެދުންތައް އަޅައިނުލައި ދޫކޮށްލާފަ އެވެ.

މިސްޓަރ ޔޫންއަށް ޖިނާއީ ދަޢުވާތަކުން ރައްކާތެރިކަން ލިބިދޭ ރައީސުލްޖުމްހޫރިއްޔާގެ އިމްތިޔާޒު ލިބިގެންވީ ނަމަވެސް، މި އިމްތިޔާޒު އަމުރަށް ނުކިޔަމަންތެރިވުމާއި ޣައްދާރުވުމުގެ ތުހުމަތުތަކަށް ނުހިނގާނެ އެވެ.

ދެކުނު ކޮރެއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ