ތައިލެންޑްގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޖޫ އެއާގެ ފްލައިޓެއް ވެއްޓި، 120 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ ބެންކޮކްގެ ސުވަރުނަބޫމީ އެއާޕޯޓުން މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުން އައި ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގީ ފްލައިޓް ޖައްސަން އުޅެނިކޮށް ލޭންޑިންގ ގިއަރުގައި މައްސަލައެއް ދިމާވެ، މަތިންދާބޯޓުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުންނެވެ. ފްލައިޓް 2216 ރަންވޭއިން ބޭރުވެ، އެއާޕޯޓްގެ ޕެރިމީޓަރ ފެންސާ ޖެހުމާއެކު އަލިފާން ރޯވި އެވެ.
މި ހާދިސާ ހިނގިއިރު ފްލައިޓުގައި ތިބީ 181 މީހުންނެވެ. ކުއްލި ހާލަތުގެ ޓީމުތައް ވަގުތުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، އަލިފާނުގެ އަސަރު ކޮށްފައިވާ މިންވަރު ބޮޑުކަމުން ފުރަތަމަ ވަގުތުކޮޅު ތެރޭގައި 28 މީހުން މަރުވި އެވެ. އަލްޖަޒީރާއިން އެންމެ ފަހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން މަރުވި މީހުންގެ އަދަދު ވަނީ 120 އަށްވުރެ މައްޗަށް ގޮސްފައެވެ.
ސައުތު ކޮރެއާގެ ސަރުކާރުން ވަނީ ސަލާމަތީ އޮޕަރޭޝަންތަކަށް އެހީތެރިވެދީ، އަދި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު ވަސީލަތްތައް އެ ސަރަހައްދަށް ފޮނުވާފަ އެވެ.