ފިނިގަދަވެ، ޣައްޒާގެ ރެފިއުޖީ ކޭމްޕްގައި ތިން ތުއްތު ކުއްޖަކު މަރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފިނި މޫސުމުގެ ފިނިގަދަވެ، ޣައްޒާގެ ރެފިއުޖީ ކޭމްޕްގައި ތިން ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

މި ތުއްތުކުދިން މަރުވެފައިވަނީ ޣައްޒާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށްވެ، އިސްރާއީލުން ކާބޯތަކެއްޗާއި ފެނާއި އެހެނިހެން އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތި ހުއްޓުވަމުން އަންނާތީ އެވެ.

މި ހާދިސާގައި މަރުވި ކުދިންގެ ތެރެއިން އެކަކީ އުމުރުން އެންމެ ތިން ހަފްތާގެ ސީލާ މަހްމޫދު އަލް ފަސީހެވެ. ސީލާ މަރުވެފައިވަނީ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ހަށިގަނޑުގެ ނިޒާމުތަކުގެ މަސައްކަތް ހުއްޓިގެންނެވެ.

”އަހަރެމެންގެ ހާލަތު ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ. އަހަރެމެންގެ ހާލަތު ވަރަށް ދަތި.“ ސީލާގެ ބައްޕަ ހިތާމައާއެކު ބުންޏެވެ.

ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑްގެ ޑިރެކްޓަރު އަހުމަދު އަލް ފައްރާ ބުދަ ދުވަހު ވަނީ މި މަޢުލޫމާތު ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި ސީލާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މަރުވިތާ 48 ގަޑިއިރު ފަހުންނެވެ.

ސީލާގެ މައިންބަފައިން ބުނި ގޮތުގައި އަންގާރަ ދުވަހުގެ ރޭ ފިނިހޫނުމިން ވަނީ 9 ޑިގްރީ ސެލްސިއަސް (48 ޑިގްރީ ފަރެންހައިޓް) އަށް ވެއްޓި ފައެވެ. އެ ތުއްތު ކުއްޖާ އެރޭގައި 3 ފަހަރަށް ހޭލީ ރޮމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހެނދުނު އޭނާގެ މައިންބަފައިންނަށް ފެނުނީ ޖަވާބު ނުދޭ، ހަށިގަނޑު ހަރުވެފައި، ”ލަކުޑި ފަދައިން“ ހުރި ކުއްޖެކެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 45،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރޭލް ފަލަސްތީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ