ޖަރުމަނުގެ އިރުމަތީ ސިޓީއެއް ކަމަށްވާ މަގްޑެބާގްގެ މާރުކޭޓެއްގައި ރޭ ދަންވަރު ހިނގާ ދިޔަ އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކު ހިމެނޭހެން 2 މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާގައި ޖުމުލަ68 މީހުން ޒަޚަމްވެފައިވާއިރު މީގެ ތެރެއިން 15 މީހަކަށް ވަނީ ބޮޑެތި ޒަހަމުތަކެއް ލިބިފަ އެވެ.
އަދި މިހާސިދާއާ ގުޅިގެން ޖަރުމަނުން ވަނީ ސައުދީގެ 50 އަހަރުގެ ޑޮކްޓަރަކު ހައްޔަރު ކޮއްފައި ކަމަށް ސެކްސޯނީ-އަންހަލްޓް ސްޓޭޓްގެ ޕްރިމިއާ ރެއިން ވަނީ ވިދާޅުވެފަ އެވެ.
އެ ސިޓީގެ ތަރުޖަމާނު މައިކަލް ރީފް ވިދާޅުވީ އެއީ ގަސްތުގައި ހިންގި އަމަލެއް ކަމަށް ޝައްކު ކުރެވޭ ކަމަށާއި ”ގިނަ އަދަދެއްގެ އަނިޔާ މީހުންނަށް ލިބިފައިވާ“ ކަމަށާއި ”ތަސްވީރުތައް ބިރުވެރި“ ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައި ވަނީ ޝައްކު ކުރެވޭ މީހާގެ ކާރުގައި ގޮވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭތީ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މެގްޑެބާގް ސިޓީގައި ހަމަލާއަށް ފަހު އެ ސިޓީގެ ރައްޔިތުން ހިތާމަވެރިކަމުގެ ތެރޭގައި ތިބިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ތިއޭޓަރުތަކާއި މިއުޒިއަމްތައް ފަދަ ސަގާފީ މުއައްސަސާތައް ބަންދުކުރާނެ ކަމަށް މޭޔަރު ސިމޯން ބޮރިސް ވަނީ އިއުލާންކޮށްފަ އެވެ.
މިފެށޭ ހަފްތާ ބުދަ ދުވަހަކީ ކްރިސްމަސް ކަމުގައިވުމުން އެގައުމުގެ މާރުކޭޓުތައް ވަނީ ފުރި ބާރުވެފަ އެވެ.