ލަކްޝްވަދީޕްގައި ފަތުރުވެރިކަން ކުރިއެރުވުމަށް އިންޑިޔާ ސަރުކާރުން ބޮޑު 8 މަޝްރޫޢު ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ލަކްޝްވަދީޕްގައި ފަތުރުވެރިކަން ކުރިއެރުވުމަށް އިންޑިޔާގެ ޔޫނިއަން ސަރުކާރުން ބޮޑެތި 8 މަޝްރޫޢެއް ހިންގަން އުޅޭ ކަމަށް އިންޑިޔާގެ ނޫހަކުން ރިޕޯޓްކޮށް ފިއެވެ.

އިންޑިޔާގެ ސްވަރަޖްޔާ މަޖައްލާއިން ޝާއިޢުކުރި ޚަބަރެއްގައި ބުނެފައިވަނީ، އިންޑިޔާގެ ސެންޓްރަލް ސަރުކާރުން މި މަޝްރޫޢުތައް ރާވާފައިވަނީ ދިވެހިރާއްޖެއާ ވާދަކުރާނެ ވަރުގަދަ ވާދަވެރިއެއްގެ ގޮތުގައި ލަކްޝްވަދީޕް ހަދައި، އެތަން ޓޫރިސްޓް ހަބަކަށް ހެދުމުގެ މަޤްޞަދުގައި ކަމަށެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

  1. ކަވަރައްޓީ، އަގައްޓީ، އަދި މިނިކޮއީ ޖަޒީރާތަކުގައި ބޮޑެތި އުޅަނދުތަކަށް ބަނދަރުކުރެވޭނެ ގޮތް ހެދުން.
  2. ކަލްޕެނީ، ކަދުމަތު، އަދި އަންދްރޮތު އައިލެންޑްސްގައި ޒަމާނީ ވަސީލަތްތަކާއެކު ޕެސެންޖަރު ފެސިލިޓޭޝަން ސެންޓަރުތައް ހެދުން.
  3. ކަލްޕެނީ އަދި ކަދުމަތުގައި ކްރޫޒް އުޅަނދުތަކަށް ޖާގަ ދިނުމަށް އޯޕަން ޖެޓީތައް ތަރައްޤީކުރުން.
  4. ކަދުމަތު އައިލެންޑްގައި ޖެޓީތަކާއި ލޭންޑްސައިޑް ފެސިލިޓީތައް ހެދުން.
  5. އަންދްރޮތް ބްރޭކްވޯޓަރު ތަރައްޤީކުރުން.
  6. އަންދްރޮތުގައި މަލްޓިމޯޑަލް ޖެޓީ އާއި ނޭވީ ޖެޓީ ތަރައްޤީކުރުން.
  7. ކަލްޕެނީ، ކަޑްމަތު އަދި އަންދްރޮތުގައި ސްލިޕްވޭ އާއި އެއާ ގުޅުންހުރި ފެސިލިޓީތައް ތަރައްޤީކުރުން.
  8. ކަވަރައްޓީ، އަގައްޓީ، އަދި މިނިކޮއީ ޖަޒީރާތަކުގައި ހުންނަ އިރުމަތީ ޖެޓީތައް ފުޅާކޮށް ބޮޑެތި އުޅަނދުތަކަށް ޖާގަ ދިނުން.

މި މަޝްރޫޢުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫޢުގެ ގޮތުގައި ކަދުމަތު އައިލެންޑްގައި 303 ކްރޯޑް ރުޕީސްގެ މަޝްރޫޢެއް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫޢުގެ ބީލަމުގެ މަސައްކަތް ފެށީ 4 ޑިސެމްބަރ ގައެވެ.

ކަދުމަތުގެ ދިގުމިނަކީ 9.3 ކިލޯމީޓަރު، ފުޅާމިނަކީ 0.57 ކިލޯމީޓަރު، އަދި ޖުމްލަ ސަރަހައްދަކީ 3.34 އަކަކިލޯމީޓަރެވެ. އެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ކަދުމަތުގައި ހުށަހަޅާފައިވާ އޯޕަން އީސްޓަރން ޖެޓީއަކީ ފަސިންޖަރުންނާއި ކްރޫޒް އުޅަނދުތަކަށް ވެސް ޖާގަ ލިބޭ މަލްޓިޕާޕަސް ފެސިލިޓީއަކަށް ވާނެ އެވެ.

އިންޑިޔާ ސަރުކާރުގެ އަމާޒަކީ ލަކްޝަދީޕްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުރިހަމަ ބަނދަރާއި ޝިޕިންގ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް، މެދުކެނޑުމެއްނެތި ޝިޕިންގ ޚިދުމަތް ކަށަވަރުކޮށްދީ، މުޅި އަހަރު ދުވަހު ފަސިންޖަރުންނާއި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމެވެ.

މި ތަރައްޤީތަކުގެ ބޮޑު ބައެއް ފައިނޭންސް ކުރާނީ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދީޕްގެ ފަންޑްތަކާއި ސާގަރްމަލާ ޕްރޮގްރާމްގެ ދަށުން ދޭ ހިލޭ އެހީގެ ތެރެއިން ނެވެ.

ރާއްޖޭގެ އުތުރާއި އެންމެ ކައިރީގައި އޮންނަ ލަކްޝްވަދީޕް ސަރަހައްދަކީ ރާއްޖެ ފަދަ ހުދު ދޮންވެލި އަދި ނޫވިލުތައް އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދުގައި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަސައްކަތްކުރައްވާފަ އެވެ. އޭގެ ފަހުން އެ ސަރަހައްދުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްޞަ ސަމާލުކަމެއް ލިބެމުންދާ ކަމަށް އިންޑިޔާގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ރާއްޖެ - އިންޑިއާ އިންޑިއާ ލަކްޝްވަދީޕް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ