ކޮންގޯގައި ނޭނގޭ ބައްޔަކުން 143 މީހުން މަރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކްގެ ދެކުނު ހުޅަނގު ޕްރޮވިންސް ކަމުގައިވާ ކްވަންގޯގައި ނޭނގޭ ބައްޔަކުން 143 މީހުން މަރުވެއްޖެ ކަމަށް އެ ޤައުމުގެ އޮތޯރިޓީތަކުން ރޮއިޓަރޒްއަށް މަޢުލޫމާތު ދީފި އެވެ.

ކްވަންގޯ ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރނަރ ރެމީ ސަކީ އާއި ޕްރޮވިންޝަލް މިނިސްޓަރ އޮފް ހެލްތު އަޕޮލިނެއަރ ޔުމްބާ ހޯމަ ދުވަހު ދިން މަޢުލޫމާތުގައި، މި ބަލި ޖެހުނު މީހުންނަށް ފްލޫގެ އަލާމާތްތައް ފެނުނު ކަމަށާއި، އޭގެ ތެރޭގައި ގަދަ ހުން އަރުމާއި ބޮޑެތި ބޯ ރިހުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

މި ބަލި ދެނެގަތުމަށްޓަކައި ސާމްޕަލް ނަގައި ތަޙުލީލުކުރުމަށް ޕަންޒީ ހެލްތު ޒޯނަށް މެޑިކަލް ޓީމެއް ފޮނުވިފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. އެހެންނަމަވެސް، ސިވިލް ސޮސައިޓީގެ ލީޑަރު ސެފޯރިއަން މަންޒަންޒާ ރޮއިޓަރޒްއަށް ބުނެފައިވަނީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މި ހާލަތަކީ ވަރަށް ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

”ޕަންޒީއަކީ ރަށްފުށުގެ ހެލްތު ޒޯނެއް. އެހެންވީމާ، ބޭސް ފޯރުކޮށްދިނުމުގައި މައްސަލަ އެބަހުރި،“ މަންޒަންޒާ ބުންޏެވެ. ފަރުވާ ނުލިބުމުގެ ލިބުމުގެ ސަބަބުން ބަލި މީހުން އެމީހުންގެ އަމިއްލަ ގޭގައި މަރުވަމުންދާކަމަށް ސަކީ އާއި ޔުމްބާ ފާހަގަކޮށްފައިވެ އެވެ.

އެތަނުގެ އެޕިޑެމިއޮލޮޖިސްޓެއް ބުނެފައިވަނީ މި ބަލީގެ އެންމެ ނުރައްކާތެރި އަސަރު ކުރަނީ އަންހެނުންނާއި ކުޑަކުދިންނަށް ކަމަށެވެ.

އދ. ގެ ހެލްތު އޭޖެންސީ ޑަބްލިއު.އެޗް.އޯ ގެ ތަރުޖަމާނެއް އަންގާރަ ދުވަހު ބުނެފައިވަނީ މި ބަލި އުޅޭކަން ފާއިތުވި ހަފުތާގައި އެ އޭޖެންސީއަށް އެންގިފައިވާ ކަމަށާއި، އިތުރު ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށް ކޮންގޯގެ ޕަބްލިކް ހެލްތު މިނިސްޓްރީއާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ