އިޒްރޭލުން އީރާނަށް ހަމަލާ ދޭން ތައްޔާރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން އީރާނަށް ހަމަލާ ދޭން ކަނޑައެޅި ޕްލޭން ތައްޔާރުކޮށްފި ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފި އެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާއަށް، އިޒްރޭލުން ވަނީ އީރާނަށް ހަމަލާދޭއިރު އެއްވެސް ނިއުކްލިއާ އަދި ތެލުގެ ވަސީލަތްތައް ހުންނަ ދިމާލަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.

ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ޔަގީންކަން އެމެރިކާއަށް ދިނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. ނަމަވެސް، ސީއެންއެން އިން މިކަމުގެ އިތުރު ތަފްސީލެއް ދީފައި ނުވެ އެވެ.

އިޒްރޭލު އަސްކަރިއްޔާއިން މި ހަމަލާ ދޭން ރާވަން ފެށީ މި މަހުގެ ކުރީކޮޅުން ފެށިގެންނެވެ. މިއީ ނިމިދިޔަ މަހުގެ ފަހުކޮޅު އީރާނުން އިޒްރޭލަށް 200 އަށްވުރެ ގިނަ މިސައިލް ފޮނުވުމާ ގުޅިގެންނެވެ. އޭރު އިޒްރޭލުން ބ ބުނެފައިވަނީ އެކަމުގެ ބަދަލު ހިފާނީ ރަނގަޅު ވަގުތަކަށް ބަލާފައި ކަމަށެވެ.

އިޒްރޭލުން ބުނެފައިވާ ގޮތުގައި އީރާނުން އެ ހަމަލާތައް ދިނީ އޮގަސްޓް މަހު ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲގެ މަރުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ވަނީ ހަސަން ނަސްރަﷲ މަރާލިކަން ކަށަވަރުކޮށްދީފައެވެ.

އދ. ގައި ހުންނަ އީރާނުގެ ދާއިމީ މިޝަނުން ވަނީ މިއީ ”އިޒްރޭލަށް ޔަގީނުންވެސް ދޭންޖެހިފައި އޮތް ހަމަލާ“ އެއް ކަމަށް ބުނެފައެވެ.

މި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، ހަނގުރާމައަކަށް ވެއްޓިދާނެ ކަމުގެ ބިރު ބައިނަލްއަޤްވާމީ މުޖުތަމަޢުން ފާޅުކުރަމުންދާއިރު، މު، މި ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ސިޔާސީ ތަޙުލީލުވެރިން ލަފާކުރެއެވެ.

އިރާން އިޒްރޭލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ