އިންޑިއާގެ މުސްލިމް ސިޔާސީ ލީޑަރެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ މުސްލިމް ސިޔާސީ ލީޑަރެއް ކަމުގައިވާ ބާބާ ސިއްދީގްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

ބީބީސީ އިން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މުމްބާއީ ސިޓީގައެވެ.

އުމުރުން 66 އަހަރުގެ ބާބާ ސިއްދީގަކީ މަހާރަޝްތްރާގައި ނުފޫޒު އޮތް އެސަރަހައްދުގެ ކުރީގެ މިނިސްޓަރެކެވެ. ލޯކަލް މީޑިއާއާއި ހަވާލާދީ ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިއްދީގަށް ބަޑީގެ ހަމަލާ އަމާޒުކޮށްފައި ވަނީ ސިޔާސީ މަސައްކަތުގައި އުޅުއްވާ އޭނާގެ ދަރިފުޅުގެ އޮފީސް ކައ ކައިރިންނެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުން ސިއްދީގް އަވަހާރަކުރި ބޭނުމެއް އަދި ހާމަކޮށްފައި ނުވެ އެވެ. މަހާރަޝްތްރާ ފުލުހުން ބުނެފައިވާ ގޮތުގައި މިކަމުގައި ޝާމިލްވާ ތިންވަނަ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހިންދޫ ދީނުގެ އުފާ ފާޅުކުރުމުގެ ރަސްމިއްޔާތަކާއި ގުޅިގެން މުމްބާއީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ވަގުތުކޮޅެއްގައެވެ. މަހާރަޝްތްރާ ސަރުކާރުން ވަނީ މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ.

ފާއިތުވި ފެބްރުއަރީ މަހު ސިއްދީގް ވަނީ އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމުގައިވާ ކޮންގްރެސް އިން ވަކިވެވަޑައިގެން ނޭޝަނަލް ކޮންގްރެސް ޕާޓީ (އެންސީޕީ) އާ ގުޅިވަޑައިގެންފައެވެ. އެންސީޕީ އަކީ އިންޑިޔާގެ ވެރިކަން ކުރާ ބީޖޭޕީ އިއްތިހާދުގައި ހިމެނޭ ޕާޓީއެކެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާ ދިން މީހުންނަކީ ކުށްވެރިއެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ ހިންގާ ގޭންގެއްގެ މީހުންނެވެ. ބިޝްނޯއީ މިހާރުވެސް ދަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މި ބަޑިޖެހުން ހިނގާފައިވަނީ މަރުގެ އިންޒާރު ދިނުމާ ގުޅިގެން ސިއްދީގުގެ ސެކިއުރިޓީ ވަރުގަދަ ކުރިތާ ހަފްތާތަކެއް ފަހުންނެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ