އެމެރިކާގެ ފްލޮރީޑާއަށް ވަރުގަދަ ތޫފާނެއް އަރައިފި ކަމަށް އެގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރިޕޯޓްކޮށްފި އެވެ.
އެމެރިކާގެ މޫސުމާއި ބެހޭ ގައުމީ އިދާރާއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި ދާދި ފަހުން ފްލޮރީޑާއަށް އަރާފައިވާ ”މިލްޓަން“ ނަގޫ ރޯޅިއަށްފަހު އެހިސާބަށް ވަރުގަދަ ތޫފާނެއް އަރައިފި އެވެ. އެކަމުގެ ސަބަބުން 3 މިލިއަން މީހުންގެ ގެތަކުން ކަރަންޓްގެ ހިދުމަތް މިއަދު މެދުކެނޑިފައިވާ ކަމަށް އެމެރިކާއިން ރިޕޯޓްކުރި އެވެ.
މިލްޓަންގެ ބާރުދަށްވެ، ކެޓަގަރީ 1 ގެ ނަގޫރޯޅިއަކަށް ބަދަލުވީނަމަވެސް، ފްލޮރީޑާއަށް މިއަދު ތޫފާނެއް އަރާފައި ވެއެވެ. މި ތޫފާނު ކެޓަގަރީ 5 ގެ ބާރުމިނުގައި މިއަދުގެ ވަގުތެއްގައި އެރި ނަމަވެސް، މިހާރު ތޫފާނުގެ އަސަރު ވަނީ ކެޓަގަރީ 3 އަށް ބަދަލުވެފަ އެވެ.
އެހެން ނަމަވެސް، ފްލޮރީޑާއަށް ތޫފާނާއިއެކުު ކުރި ގަދަ ވިއްސާރައިގައި ބިންގަނޑު ކަހައިގެން ދިއުމުގެ ހާދިސާތައް އެސަރަހައްދުން ރިޕޯޓްކޮށްފައި ވެއެވެ.
މިލްޓަން ނަގޫރޯޅިއަކީ 100 އަހަރު ފަހުން އެ ސަރަހައްދަށް އެރި ދެވަނަަ ނަގޫރޯޅި އެވެ. އޭގެ 2 ހަފްތާ ކުރިން އެސަރަހައްދަށް ވަނީ ހަރިކޭން ހެލީންގެ އަސަރުކޮށްފަ އެވެ. އެ ނަގޫރޯޅީގައި ފްލޮރީޑާގެ ގެތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ވެއެވެ. ވަރަށް ގިނަ ގަސްތައް ބިންމައްޗަށް ވެއްޓުމާއި ގެތަކުގެ ފުރާޅުތައް އުކާލައިގެން ދިޔުމުގެ ހާދިސާތައް ދައްކައިދޭ ވީޑިއޯތައް މީސް މީޑިޔާގައި ޝާއިއުކޮށްފައި ވެއެވެ.
އެއާއެކު، މިހާރު ވަރަށް ގިނަ މީހުން ދަނީ ފްލޮރީޑާގެ ގޮނޑުދޮށް ކައިރީގައި ތިބި ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވަމުން ނެވެ.