ލަންކާއިން ބްރިކްސްގެ މެންބަރުކަން ހޯދުމަށް މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބްރިކްސް އިކޮނޮމިކް ބްލޮކްގެ މެންބަރުކަން ހޯދަން ސްރީ ލަންކާއިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މިކަމަށް ބްރިކްސްގެ މެންބަރެއް ކަމުގައިވާ އިންޑިއާގެ ތާއީދު ހޯދުމަށް ރަސްމީކޮށް އެދިފައިވާ ކަމަށް ލަންކާ ކެބިނެޓްގެ ތަރުޖަމާނު، މިނިސްޓަރ ވިޖިތާ ހެރަތްއާއި ހަވާލާދީ ސްރީލަންކާގެ ނިއުސް ވަޔާއިން ރިޕޯޓްކޮށްފައި ވެއެވެ.

މި ހުށަހެޅުން ފޯރުކޮށްދީފައިވަނީ މިދިޔަ ހަފްތާގައި އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔާމް ޖޭޝަންކަރް ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މިނިސްޓަރު ވަނީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި ފިޔަވަޅަކީ ދުނިޔޭގެ އިގްތިސާދީ މާހައުލުގެ ތެރޭގައި ލަންކާގެ މަގާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ.

އޮކްޓޯބަރު 22-24 އަށް ބާއްވަން ހަމަޖެހިފައިވާ ކުރިއަށް އޮތް ބްރިކްސް ސަމިޓުގައި ބައިވެރިވުމަށް ލަންކާއަށް ދައުވަތު ލިބިފައިވާކަން މިނިސްޓަރ ހެރަތު ހާމަކުރެއްވި އެވެ.

ނަމަވެސް މިހާރު ކުރިއަށްދާ އިންތިހާބުގެ މުއްދަތާ ގުޅިގެން ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކޭ ސަމިޓުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ.

ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، އަދި ދެކުނު އެފްރިކާ ހިމެނޭ ގޮތަށް އުފެދިފައިވާ އިގްތިސާދީ ޖަމިއްޔާއެއް ކަމަށްވާ ބްރިކްސް، އެގައުމުތަކުގެ ލީޑަރުން އުފެއްދެވީ އުތުރު އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ މުއްސަނދި ގައުމުތަކުގެ އިގްތިސާދީ ބާރަށް ގޮންޖެހުމުގެ މަގްސަދުގަ އެވެ. މި ޖަމިއްޔާ އިން ދާދި ފަހުން ވަނީ އާ މެންބަރުން ކަމަށްވާ މިސްރު، އީރާން، އިތިއޮޕިއާ، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭ ގޮތަށް މެންބަރޝިޕް ފުޅާކޮށްފަ އެވެ.

ބްރިކްސްއަށް މެންބަރުން އިތުރުކުރުމުގެ ބޭނުމުގައި އިންޑިޔާއިން ވަނީ އާޖެންޓީނާއަށްވެސް އެ ޖަމިއްޔާގެ މެންބަރަކަށް ވުމަށް ހުށަހަޅާފަ އެވެ. ނަމަވެސް އާޖެންޓީނާ އިން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އާޖެންޓީނާ އިން ބުނީ ”އެހެން ބައެއްގެ އެޖެންޑާ މަތިކުރަން“ އާޖެންޓީނާ އިން ބޭނުން ނުވާ ކަމަށެވެ.

ބްރިކްސް ސްރީލަންކާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ