ރަނގަޅު ވަގުތެއްގައި އީރާނުން ދިން ހަމަލާއަށް ޖަވާބެއް ދޭނެ ކަމުގައި އިޒްރޭލު އަސްކަރިއްޔާއިން ބުނެފި އެވެ.
އިޒްރޭލު އަސްކަރިއްޔާއިން މިހެން ބުނީ މިވަގުތު އީރާނުން އިޒްރޭލަށް 200 އަށްވުރެ ގިނަ މިސައިލްތައް ފޮނުވުމާއި ގުޅިގެން ނެވެ. މި ހަމަލާތަކަކީ ދާދި ފަހުން ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ފޮނުވި ހަމަލާއެއް ކަމަށް އިޒްރޭލުން ބުނެފައި ވެއެވެ. އިޒްރޭލުން ވަނީ ހަަސަން ނަސްރަﷲ މަރާލިކަން ކަށަވަރުކޮށްދީފަ އެވެ. އެއާއެކު، އދ. ގައި ހުންނަ އީރާނުގެ ދާއިމީ މިޝަނުން ވަނީ މިއީ ”އިޒްރޭލަށް ޔަގީނުންވެސް ދޭންޖެހިފައި އޮތް ހަމަލާ“ އެއް ކަމަށް ބުނެފަ އެވެ.
ކުރިއެކޭވެސް އެެއްގޮތަށް އެމެރިކާއިން ވަނީ އިޒްރޭލަށް މިފަދަ ހަމަލާއެއް އަތުވާކަމަށް އަންގާފަ އެވެ. އެއާއެކު، މިހާރު އެމެރިކާއިން ދަނީ އިޒްރޭލަށް އެހީތެރިވަމުން ނެވެ.